Advertisement
header ad
XeeTimesXeeTimes
ބ. ގޮއިދޫގައި ހުންނަ މިގަހަށް މަރުގަސް ކިޔުނީ ކިހިނެއް؟

ބ. ގޮއިދޫގައި ހުންނަ މިގަހަށް މަރުގަސް ކިޔުނީ ކިހިނެއް؟

ބ. އަތޮޅު ގޮއިދޫއަކީ ބ. އަތޮޅުގެ އިތުރު 2 ރަށް ކަމުގައިވާ ފުޅަދޫ އަދި ފެހެންދޫ އާއި އެއްފަޅަކުން ގުޅިފައި އޮންނަ ވަރަށް ހިތްގައިމު ރީތި ރަށެކެވެ. މިރަށުގެ ރީތިކަމުގެ އިތުރުން މިރަށުގެ މީހުންނަކީވެސް ވަރަށް ހިތްހެޔޮބައެކެވެ. ރަށަށް އަންނަ މެހްމާނުންނަށް އަދާކުރާ މެހުމާންދާރީ ފާހަގަކޮށްލެވެއެވެ. ފުޅަދޫ އާއި ފެހެންދޫ އަކީ މިރަށާއި އަޅާބަލާއިރު އެހާ ބޮޑެތި ރަށްރަށެއް ނޫނެވެ. ގޮއިދޫއަކީ ބ. އަތޮޅުގެ އެހެން ރަށްތަކާއި އަޅާބަލާއިރު ފުދޭވަރަކަށް ބޮޑު ރަށެއްކަމުގައިވިޔަސް އާބާދީ ވަރަށް މަދު ރަށެކެވެ.

ދުރުން ފެންނައިރު މިގަސްކައިރި ވަރަށް ރީތި. ފޮޓޯ: ޒީޓައިމްސް

ގޮއިދޫގެ ޚާއްސަކަމަކަށް ފާހަގަކުރެވެނީ މިރަށުގެ ވަލުތެރޭގައި އޮންނަ ކުޅިއާއި ޖެހިގެން ހުންނަ މަރުގަހެވެ. 'ޒީޓައިމްސް' ގެ ފަރާތުން މިރަށަށް ކުރި ދަތުރުގައި މިރަށުގައި ހުންނަ 'މަރު ގަހުގެ' ހަގީގަތާއި ގުޅޭގޮތުން މައުލޫމާތު ހޯދާލިއިރު މި ގަހަކީ ރާއްޖޭގައި އާންމުކޮށް ހެދޭ ގަހެއް ނޫންކަމަށް ވެއެވެ. ތަންކޮޅެއްކުރިން ވިލިމާލޭގައި މީގެ ގަހެއް ހުރިކަމަކަށްވެއެވެ.

މިއީ ތަފާތު ރީތި މަންޒަރެއް. ފޮޓޯ: ޒީޓައިމްސް

ބ. ގޮއިދޫ އާޒާދުގޭ އަބްދުއްރަހީމް ޒަކަރިއްޔާ (76 އަހަރު) ވިދާޅުވީ އޭނާގެ އުމުރުން 7 އަހަރުން ފެށިގެން މަރުގަސް ހުންނަކަން ހަނދާންވާކަމަށެވެ. ކަނޑޫފަލުގެ އަރިމަތީގައި ހެދިފައި ހުންނަ މިގަހަކީ 1950 ވަނަ އަހަރުވެސް ހުންނަ ގަހެކެވެ. އޭރު ކުޑައިރު ކަނޑޫ ކަނޑަން ގޮސް އުޅުނުއިރު ފެންނަން ފެށި ގަހެއްކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

Article - in content
Advertisement
މިވައްތަރުގެ ދެގަސް މިރަށުގައި ހުރެއެވެ. މިގަހަށް މަރުގަސް ކިޔަނީ ކީއްވެގެންތޯ ސުވާލުކުރުމުން ޒަކަރިއްޔާ ވިދާޅުވީ "މިގަހުގައި ހުންނަ މޭވާއެއް ދޮންވެގެން ފަޅާލީމަ އޭގައި ހުންނަ އޮށްތައް ހުންނާނީ ވަނާތަކެއްހެން، އޭތި ރޫޅާލީމާ އޭތި ރާވާލުމަކީ ވަރަށް ބުރަ މަސައްކަތެއް." ޒަކަރިއްޔާ ސިފަކުރާގޮތުގައި އެރާވާލުމަކީ ވަރަށް އުދަގޫ މަސައްކަތެކެވެ. އެކަމުގެ ސަބަބުން އެގަހަށް މަރުގަހުގެ ނަމުން ނަންދެވިފައިވެއެވެ. އެމަސައްކަތަކީ ވަރަށް ގިނަ ވަގުތު ނަގާކަމެކެވެ. އޭގައި ހުންނަ އޮށްތައް ރާވާލީމާ ހުންނާނީ ވަރަށް ޗާލު ވަނާތަކެއް ގޮތަށެވެ.
އަބްދުއްރަހީމް ޒަކަރިއްޔާ

އޮށްތައް ރާވާލަން އެނގޭ މީހަކަށް ރާވާ ނިންމުމަށް ގާތްގަނޑަކަށް 15 މިނިޓާއި 30 މިނިޓް ހޭދަވެއެވެ. އެހެންނަމަވެސް ފަހަކަށް އައިސް އެއޮށްތައް ރާވާލަން ވަރަށް ފަސޭހަކަމުގައިވެއެވެ. މިގޮތުން ރާވާލާއިރު އޭގައި ނަމްބަރު ޖަަހާކަމަށް ވަނީ ފާހަގަކޮށްފައެވެ.

މިގަހުގައި އަޅާ މޭވާ. މިއީ ކުރިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: ވިޒިޓް ބާ

" އެމަސައްކަތްކުރަނީ އާއްމުކޮށް ކުޅިވަރު ކުޅެން. ރޯދަމަހު ހުސްވަގުތު ފުރާލުމުގެ ބޭނުމުގައި އެކަންކޮށް އުޅޭ. އަދި ހަމައެހެންމެ އެރާވާލުމުން ސިކުނޑިއަށް ހިތްހަމަޖެހުން ލިބޭ. ރާވާ ނިންމާލުމުން އޭގައި ހުންނަ ވަނާތަކުގެ ސަބަބުން ހައިރާންކުރުވާހާ ރީތި. ބޭރުފުށުން ބަލާއިރު އޭތި ބޮޑަށް ވައްތަރީ މޭވާއަކާ". 

މިގަހުގެ ފަތްތައް ދޮންވެގެން ގަސްދޮށަށް ފައިބާފަ ހުންނައިރު ބަލާލަން ވަރަށް ރީއްޗެވެ. މިރަށަށް ޒިޔާރަތްކުރާ މީހުން މިގަސް ކައިރިއަށް ފޮޓޯ ނަގަން ދަނީ އެފޮޓޯތައް ރީތިވީމައެވެ. 

ނޯޓް: މިލިޔުމުގައި އޮށުގެ ފޮޓޯ ނުގެނެސްދެވުނީ މިދުވަސްވަރު އެގަހުގައި މޭވާ ނެތުމުންނެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

މިހައްމަދު 30ނޮވެމްބަރ2022

ވިލިމާލޭގައި ހުރި ގަސް މަރެއްނުވެ އެބަހުރި 0

ހއ 29ނޮވެމްބަރ2022

ހއ އުލިގަމު ވެސް އެބަހުރި މަނަވަކަރު ދެގަސް😇😇

Anonymous 29ނޮވެމްބަރ2022

Goidoo meehun egahah kiyaa ulhenee maru valhu gas 1

ފޮޓޯ 29ނޮވެމްބަރ2022

އޮށްތަކުގެ ފޮޓޯ ޖަހާލަދިންނަމަ ވަރަށް ފުރިހަމަ ވީސް. 3

Shaba 28ނޮވެމްބަރ2022

Cannon ball tree 2

.. 28ނޮވެމްބަރ2022

ހދ.ނޭކުރެންދޫގައި ވެސް ތިޔައިގެ ގަސް ހުރޭ 1

Raa 28ނޮވެމްބަރ2022

Kobaa thibunaa oh thakuge photo 2

ކިނަ 28ނޮވެމްބަރ2022

ނޭކުރެންދޫގަ ތީގެ ހަތަރު ފަސް ގަސް ހުރި، މިހާރު ހުންނަނީ އެއްގަސް ހެން ހީވަނީ، އެރަށު މީހުންވެސް ކިޔަނީ ހަމަ “މަރު ގސް” 2

Anonymous 28ނޮވެމްބަރ2022

Mieerava kulhibaehhen hunna ehcheh meythi nolhalumuun onnaney inshanehge sikudhi gothah 2

- 28ނޮވެމްބަރ2022

Cedar Mangrove 3

ހދ 28ނޮވެމްބަރ2022

މަރު ގަސް ހުރޭ ހއ މުލިދޫ އާ ހދ ފިނޭ ގަ ވެސް 7

Haajaru 28ނޮވެމްބަރ2022

Migahah kiyaa aslu nan eba jehey balan. Meethi Varah vaththaru vey eba Varah viha gahakaa. 5

އައި 28ނޮވެމްބަރ2022

ރާއްޖޭގެ ހައެއްކަ ރަށުގަ ހުރޭ 3 1

އަހުމަދު 28ނޮވެމްބަރ2022

ހދ. ކުރިނބީގަ ތީގެ ގަހެއްހުރޭ އެރަށުމީހުން އެގަހަށްކިޔަނީ މަރުވަކަރު ނޫނީ މަރަވަކަރު 6

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —