Advertisement
header ad
XeeTimesXeeTimes
މިފަހަރުގެ ވޯލްޑްކަޕް މުސްލިމުންނަށް ޚާއްސަ ވަނީ ކީއްވެ؟

މިފަހަރުގެ ވޯލްޑްކަޕް މުސްލިމުންނަށް ޚާއްސަ ވަނީ ކީއްވެ؟

ވޯލްޑްކަޕް މެޗުތައް މާދަމާ ފަށާއިރު ސަޕޯޓަރުން މިވަގުތު ތިބީ ކެތްމަދުވެފައެވެ. ސަޕޯޓްކުރާ ޓީމު މޮޅުވޭތޯ ދުޢާކޮށްކޮށް ތިބިއިރު މިފަހަރު ވޯލްޑްކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ ގަތަރުގައެވެ. މިއީ މެޖޯރިޓީގެ ގޮތުގައި މުސްލިމުން ގިނައިން ތިބި މުސްލިމް ގައުމެއްގައި ވޯލްޑްކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އެހެންވުމުން މިއީ މުސްލިމުންނަށް އުފާވެރި ޚަބަރެކެވެ.

ވޯލްޑްކަޕް 2022 އަށް ވަމުންދާ ތައްޔާރީތައް/ ފޮޓޯ: ރަން ރެއިޑަރސް

ވޯލްޑްކަޕް މެޗްތައް 8 ސްޓޭޑިއަމެއްގައި ކުޅުމަށް ހަމަޖެހިފައިވާއިރު މި ތަންތަނުގައި ބަނގުރާ ވިއްކުން ވެސް ވަނީ މަނާކޮށްފައެވެ.

ނޫސްތަކުން މައުލޫމާތު ދޭގޮތުގައި ވޯލްޑްކަޕް ކުރިއަށްދާއިރު މަޝްހޫރު ދީނީ ޢިލްމުވެރިންގެ ދީނީ ނަސޭހަތްތައްވެސް ކުރިއަށްދާނެ

އިސްލާމް ދީނާއި ޚިލާފު އެއްވެސް ކަމެއް ގަތަރުގައި ނުކުރެވޭނެ ކަމަށް އެގައުމުން ވަނީ އަންގާފައެވެ. މިގޮތުން އެގައުމުގައި އެއްޖިންސުން ގުޅުން ނުހިންގޭނެ އެވެ. މިގޮތަށް ނިންމުމުން މަދުބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވިއަސް ގަތަރުން ބުނެފައިވަނީ އެ ގައުމުގެ ދީން ހަމައެކަނި ވޯލްޑްކަޕަށްޓަކައި ބަދަލު ކުރެވެން ނެތް ކަމަށެވެ.

Article - in content
Advertisement

އަދި އައުރަ ނިވާނުވާވަރުގެ ހެދުން ލައިގެން ވޯލްޑްކަޕް ބަލަން ސްޓޭޑިއަމްތަކަށް ސަޕޯޓަރުން ދިއުންވެސް ވަނީ މަނާކޮށްފައެވެ. ކައިވެނި ނުކޮށްތިބެ ހޮޓާތަކުގައި އެއްކޮށް އެއްކޮޓަރީގައި ނުތިބެވޭނެ ފަދަ ނިންމުންތައް ގަތަރުން ވަނީ ނިންމާފައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގަތަރު ވަނީ ވޯލްޑްކަޕް ބޭއްވުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ސްޓޭޑިއަމްތައް ވަރަށް ރީއްޗެވެ. އަދި އެހާމެ ފުރިހަމައެވެ. ސަޕޯޓަރުންނަށް ފަސޭހައިން ތިބެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. 300 ބިލިއަން ހަރަދުކޮށްގެން އަޅާފައިވާ ސްޓޭޑިއަމްތަކުގައި ވުޟޫކުރާނެ ތަންތަނާއި ނަމާދުކުރުމަށް ޖާގަ ތަނަވަސް ތަންތަން އެބަހުއްޓެވެ. އިސްލާމް ދީނާއި ގުޅޭ ޝިއާރުތައް ވަނީ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައެވެ. 

މިފަހަރުގެ ވޯލްޑްކަޕް ވެގެން މިދަނީ އިސްލާމީ އުސޫލުތަކަށް އިސްކަންދީ މުސްލިމުން ހިތްހަމަޖެހޭނެ ފަދަ ނިންމުންތަކެއް ނިންމަމުންދާ ވޯލްޑްކަޕަކަށެވެ. އަދި މިއީ ނޮވެންބަރު/ޑިސެންބަރުގައި ވޯލްޑްކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —