Advertisement
header ad
XeeTimesXeeTimes
ޕިއްޒާ ކިޗަން: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޕިއްޒާއިން އުފާވެރިކަން ހޯދައިދިނުން! ވިޔަފާރި

ޕިއްޒާ ކިޗަން: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޕިއްޒާއިން އުފާވެރިކަން ހޯދައިދިނުން!

ހުޅުމާލޭގައި 'ޕިއްޒާ ކިޗަން ރެސްޓޯރެންޓް' ހުޅުވިތާ އަދި މިވީ އެންމެ 2 އަހަރެވެ. ކުރު މުއްދަތެއްގައި ވަނީ ކަސްޓަމަރުންގެ އިތުބާރު ހޯދާފައެވެ.

7000 އަށް ވުރެ ގިނަ ކަސްޓަމަރުން ތިބިއިރު ޕިއްޒާ ކިޗަންގެ 2 ވަނަ އަހަރީ ދުވަހާއި ދިމާކޮށް މިމަހު 11 ވަނަ ދުވަހު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 'ޕްލެޓިނަމް ޑިސްކައުންޓް' ތަޢާރަފްކޮށްފައެވެ.

ޕިއްޒާ ކިޗަންގެ 2 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ޕްލެޓިނަމް ކާޑު ތަޢާރަފްކުރުން

" ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކާޑެއް މިދެނީ. އެ ކާޑު ހިފައިގެން މިތަނަށް އައިސް ކާނަމަ 30 އިންސައްތަ ޑިސްކައުންޓް ލިބޭނެ. އަދި ކާޑު ވައިބަރ ކޮށްގެން އޯޑަރު ދޭނަމަ 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ". ޕިއްޒާ ކިޗަންގެ ފަރާތުން މައުލޫމާތު ދިނެވެ.

Article - in content
Advertisement

މި ޑިސްކައުންޓް ތަޢާރަފްކުރުމުގެ ބޭނުމަކީ މިފަދަ މީހުން އަބަދު ގޭގައި ތިބުމުގެ ބަދަލުގައި މުޖުތަމައުގެ ތެރެއަށް ނިކުމެ ހަރަކާތްތެރި ބައެއްގެ ގޮތުގައި އުޅުމަށް ހިތްވަރު ދިނުން ކަމަށް ވަނީ ފާހަގަކޮށްފައެވެ. ދާއިމީ ކަސްޓަމަރުންގެ ގޮތުގައި 2000 އެއްހާ މީހުން ތިބިއިރު 5 އިންސައްތައިގެ ޑިސްކައުންޓެއް ދަނީ ދެމުންނެވެ. އެއީ މަހަކު ދެފަހަރު ނުވަތަ ތިންފަހަރު އޯޑަރ ދޭ މީހުންނެވެ.

ގަރލިކް ބްރެޑް އެންޑް ތެލުލި ރިހާކުރަކީ ވަރަށް މަޝްހޫރު ކެއުމެއް

" އުފަން ދުވަސް ނުވަތަ ވަޒީފާގެ ކުރިއެރުން ލިބިގެން ބާއްވާ ކުދިކުދި ޕާޓީތަކަށް ޕިއްޒާ ކިޗަން ދޫކުރާއިރު ތަނަށް ވަކި އަގެއް ނުނަގަން. އަގު ނަގަނީ ހަމައެކަނި ކާތަކެއްޗަށް. 25 މީހުންގެ ޖާގަ ހުންނާނެ".

ހުޅުމާލޭގެ ހިތިގަސްމަގުގެ 6 ވަނަ ނަންބަރު ގޯޅީގައި ހުންނަ ޕިއްޒާ ކިޗަން ހުޅުވާފަ ހުންނަނީ ހެނދުނު 11 އިން ރޭގަނޑު 1 ޖެހުމާއި ހަމައަށެވެ. ޕިއްޒާ ކިޗަން އިން ދަނީ މާލެ އަދި ހުޅުމާލޭގެ އިތުރުން ހުޅުލެއަށް ވެސް ޑެލިވަރީ ކޮށްދެމުންނެވެ. އަދި ރިސޯޓްތަކުން ލިބެމުންދާ އޯޑަރުތަކަށް ލޯންޗަށް ޑެލިވަރީ ކޮށްދޭކަމަށް ވަނީ ބުނެފައެވެ.

ޕިއްޒާ ކިޗަންގެ އަމާޒަކީ އަވަސް މުސްތަގުބަލެއްގައި މާލޭގައި ރެސްޓޯރެންޓެއް ހުޅުވުމެވެ. އަދި ރެސްޓޯރެންޓްގެ އަގުތަކަށް މިހާރަށްވުރެ ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތް ކުރާކަމަށް ފާހަގަކުރިއެވެ.

ތަފާތު ވައްތަރުގެ ޕިއްޒާ ލިބެން އެބަހުރި

އަހަރީ ދުވަހާއި ދިމާކޮށް ހިލޭ ސައިކަލެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ސައިކަލު ލިބޭތޯ ޕިއްޒާ ކިޗަންގެ ފޭސްބުކް ޕޭޖް އަށް ލައިކް ކުރުމަށްފަހު އެ ޕޭޖްގައި ޖަހާފަހުރި ސައިކަލާއި ގުޅޭ ޕޯސްޓް ޝެއާކޮށް 3 އެކުވެރިއަކަށް ޓެގްކޮށް ކޮމެންޓް ކުރަންވީއެވެ. ގުރު ނެގުން އޮންނާނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގައި ކަމަށް ވަނީ މައުލޫމާތު ދީފައެވެ. ދިވެހި ކޮންމެ ރައްޔިތަކަށްވެސް ނަސީބު ދިމާވޭތޯ ބައިވެރިވެރި ވެވިދާނެއެވެ.

އަހަރީ ދުވަހާއި ދިމާކޮށް ހިލޭ ދޭ ސައިކަލު

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އޯޑަރު ކުރެއްވުމަށް ޕިއްޒާ ކިޗަންގެ ނަންބަރު 3356565 އަށް ގުޅާލެވިދާނެއެވެ. އަދި 7876565 އަށް ވައިބަރ ކުރެވިދާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —