Advertisement
header ad
XeeTimesXeeTimes
އަލިފާނުގެ ހާދިސާގައި 10 މަރު: ގުދަނާއި ގަރާޖުތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ނުވޭތޯ؟

އަލިފާނުގެ ހާދިސާގައި 10 މަރު: ގުދަނާއި ގަރާޖުތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ނުވޭތޯ؟

2019 ވަނަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާމަތިން އަދި ހަނދާން ނުނެތެއެވެ. އެއީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެބޮޑު ހާދިސާއެވެ. 20 ސެޕްޓެމްބަރ 2019 ދުވަހުގެ ރޭ ހެންވޭރު 'ތިލަފުށިގޭ'ގައި ހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 7 ގެއަކަށް ގެއްލުން ލިބިފައިވެއެވެ. އެހާދިސާގައި އަންހެނަކު މަރުވެ، އެތައްބަޔަކަށް ވަގުތީހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނެވެ.

2019 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާ/ ފޮޓޯ: ސޯޝަލް މީޑިއާ

މިއަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުވެސް ވަނީ މާލޭގެ 'ނިއު ކޮލަމްބިއާ' ގޭގައި ހުރި ގަރާޖެއްގައި ރޯވެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެފަހަރުވެސް އެގަރާޖުގައި އެއަރކޮންޑިޝަން ގޭހާއި ޕެޓްރޯލްވެސް ހުރިކަމަށް އެގޭގެ ވެރިފަރާތުން ވަނީ މައުލޫމާތު ދީފައެވެ. މިހާދިސާގައި ގަރާޖުކައިރީގައި ޕާކުކޮށްފައި ހުރި 6 ސައިލެއްވެސް އަނދާ ހުލިވިއެވެ.

މިއަހަރު ކުރީކޮޅު ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާ

މާލޭގައި ރޭގަ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އިސްކަންދަރު މަގާއި ކޯރުކެނޑިމަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖުގައި ރޯވެ ހިނގި މިހާދިސާގައި 14 މީހަކު ސަލާމަތްކޮށްފައިވާއިރު އިތުރު މީހެއްގެ ހަށިގަނޑު އޮތްތޯ ދަނީ ބަލަމުންނެވެ. މިހާދިސާގައި މަރުވީ ގަރާޖު ހުރި އިމާރާތުގައި ދިރިއުޅެމުންދިޔަ ބިދޭސީންތަކެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މަރުވީ ކޮން ގައުމެއްގެ މީހުން ކަމެއް އަދި ފުލުހުން ހާމަނުކުރެއެވެ. 

Article - in content
Advertisement

މިފަދަ ކޮންމެ ހާދިސާއަކާއެކު އަޑުއިވެނީ ގުދަންތަކާއި ގަރާޖުތައް އާންމުކޮށް މީހުން ނުއުޅޭ ސަރަހައްދަކަށް ބަދަލުކުރާ ވާހަކައެވެ. އެހެންނަމަވެސް އެކަމަކަށް އަމަލީ ސިފައެއް ނައިސް މިދަނީ އެތައް ފުރާނައެއް ގެއްލެމުންނެވެ. ކުށެއްނެތް ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. ރައްޔިތުން ތިބެން މިޖެހެނީ ބިރުވެރިކަންމަތީގައެވެ. އަލިފާނުގެ ހާދިސާއެއް ހިނގާނީ ކޮން ވަގުތަކުކަމެއް ނޭނގެއެވެ. އަވަހަށް ޒިންމާ އަދާކުރާށެވެ. އެހެން ނޫނީ ދެން މަރުވެގެން ދާނީ ކިތައް މީހުން ކަމެއް ނޭނގެއެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —