Advertisement
header ad
XeeTimesXeeTimes
އެންމެ މަޤްބޫލު ބުޅާތައް ބަލާލަންވެސް އެހާމެ ރީތި!

އެންމެ މަޤްބޫލު ބުޅާތައް ބަލާލަންވެސް އެހާމެ ރީތި!

ބުޅާދެކެ ބިރުގަންނަ މީހުން އުޅޭއިރު ބުޅަލަކީ ވަރަށް ލޯބިން ބައެއް މީހުން ގެންގުޅޭ އެއްޗެކެވެ. ރާއްޖޭގައި ވެސް ވަރަށް ރީތި ބުޅާ ގެންގުޅެއެވެ. 'ޒީޓައިމްސް'ގެ މިލިޔުމުގައި ހިމަނާލަނީ އެންމެ މަޤްބޫލު ބުޅަލާއި ގުޅޭ މައުލޫމާތެވެ.

1. ރެގްޑޯލް

ރެގްޑޯލް/ ފޮޓޯ: އެކްސައިޓެޑް ކެޓްސް.ކޮމް

މިވައްތަރުގެ ބުޅާ އެންމެ މަޤްބޫލު ވެފައިވަނީ އޭގެ ނޫކުލައިގެ ލޮލުގެ ސަބަބުންނެވެ. މިއީ ހަށިގަނޑުން ބޮޑު ބުޅަލެކެވެ. ލިސްޓްގެ އެންމެ ކުރީގައި މި ބުޅާ ހިމެނިފައިވާ އަނެއް ސަބަބަކީ މިއީ ކުޑަކުދިންނާވެސް ވަރަށް ގުޅޭ ގެންގުޅެން ފަސޭހަ ބުޅަލަކަށް ވާތީއެވެ.

Article - in content
Advertisement

2. މެއިން ކޫން ކެޓް

މެއިން ކޫން ކެޓް / ފޮޓޯ: ޕުރިނާ

މިއީ ސައިޒުގެ ގޮތުން ވަރަށް ބޮޑު ބުޅަލެކެވެ. އަލަށް މިވައްތަރު ބުޅަލެއް ފެންނަ މީހަކު ސިއްސައިގެން ދިއުން ވެސް އެކަށީގެންވެއެވެ. އެއީ އެހާވެސް ފަލަވެފަ ބޮޑުވީމައެވެ. މިއީވެސް އިންސާނުންނާ ވަރަށް ރައްޓެހިވައްތަރެއްގެ ބުޅަލެއްކަމަށް ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ.

3. އެކްޒޮޓިކް

އެކްޒޮޓިކް / ފޮޓޯ: ކެޓް ބްރީޑްސް

މިއީ ވަރަށް ރަނގަޅަށް އަވަސް އަވަހަށް ސާފުކުރަންޖެހޭ ވައްތަރެއްގެ ބުޅަލެކެވެ. ހަފްތާއަކު އެއްފަހަރު ބުރުސް ބޭނުންކޮށްގެން ބުލަލުގެ ކެހެރިތައް ވަކި ބައްޓަމަކަށް ބަހައްޓާ ރީތިކުރެވިދާނެއެވެ.

4. ޕަރޝަން

ޕަރޝަން/ ފޮޓޯ: ބަބްލީޕެޓް

ފަތިފަތި މޫނެއް ހުންނަ މިވައްތަރު ބުޅަލަށް ގިނަ ފަހަރަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ މީހެއްގެ އުނގުގައި ބޮނޑިކޮށްލުމުންނެވެ. އެއީ އެހާވެސް ކިޔަމަންތެރި ބުޅަލެކެވެ. ދިގުދިގު ކެހެރިތަކެއް ހުރެއެވެ. ސާފުކުރުމަށް ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަންވާނެއެވެ.

5. ޑެވޮން ރެކްސް

ޑެވޮން ރެކްސް

މިވައްތަރު ބުޅާ ގެންގުޅޭ މީހަކު އެކަނިވެރި ނުވާނެކަމަށް ފާހަގަކޮށްފައިވެއެވެ. ސަބަބަކީ މިވައްތަރު ބުޅާ ބޭނުންވާނީ ވެސް ގިނަގިނައިން ގެންގުޅޭ މީހާއާއެކު އުޅޭށެވެ. ގިނައަދަދެއްގެ މިވައްތަރު ބުޅާ އުޅޭއިރު މިއީ ގޭގޭގައި ގެންގުޅޭ އެހެނިހެން ޖަނަވާރުތަކާއެކުވެސް ކުޅެ މަޖާކޮށް އުޅޭ ބުޅަލެކެވެ.

 

މައުލޫމާތު: ޑެއިލީ އަދި ޔޫޓިއުބް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —