Advertisement
header ad
XeeTimesXeeTimes
މިއީ ޤައުމީ ހެދުމެއްތަ؟ ނޫނީ ޒަމާނީ ހެދުމެއްތަ؟

މިއީ ޤައުމީ ހެދުމެއްތަ؟ ނޫނީ ޒަމާނީ ހެދުމެއްތަ؟

ދިވެހި އަންހެނުން ޤައުމީ ހެދުން ލުމުން ވަކިން ރީތިކަމަށް ދައްކައެވެ. ޚާއްސަކޮށް ދިގުހެދުމާއި ދިވެހި ލިބާހަކީ ދިވެހިންގެ މެދުގައިވެސް މަޝްހޫރު ހެދުންތަކެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް ފެންނަމުން ދަނީ ޤައުމީ ހެދުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކެވެ. އެމީހަކު ބޭނުންގޮތަކަށް ޤައުމީ ކުލަ ހިމަނައިގެން ހެދުން ފަހައިގެން ލަނީއެވެ. ޤައުމީ ފެންވަރުގައި ބާއްވާ ރަސްމިއްޔާތުތަކުގައި ފެންނަ ބައެއް ހެދުންތަކަކީ ޤައުމީ ހެދުންތަކެކޭ ބުނެވެން ނެތެވެ.

ސޯޝަލް މީޑިއާގައި މިވަނީ ޤައުމީ ހެދުމާގުޅޭގޮތުން ބަހުސް ކުރެވެން ފަށައިފައެވެ. މިބަހުސް މިގޮތަށް ކުރެވެން ފެށީ، ހއ. އުތީމުގައި މި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ޒަމާނީގޮތަކަށް ފައްޓަރުބަޔަކާއެކު ހެދުންކޮޅު ތުރުކުރެއްވުމުންނެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވެސް ހުންނެވީ ޤައުމީ ހެދުންކޮޅެއް ތުރުކުރައްވައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހަފްލާގައި ތުރުކުރެއްވި ހެދުންކޮޅަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުން/ ފޮޓޯ: ފޭސްބުކް ރައީސް އޮފީސް ޕޭޖް

އެހެންނަމަވެސް ޤައުމީ ދުވަހާއި ގުޅިގެން ސެޕްޓެންބަރު 27 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ ހުންނެވީ ދިގުހެދުން ތުރުކުރައްވައިގެންނެވެ. އަދި މީގެކުރިން ބޭއްވި ބައެއް ރަސްމިއްޔާތުތަކުގައިވެސް ވަރަށް ރީއްޗަށް ދިވެހިލިބާސް ތުރުކުރައްވައިގެން ހުންނެވި މަންޒަރު ވަނީ ފެނިފައެވެ.

Article - in content
Advertisement
އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުން/ ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޚިޔާލުފާޅުކުރާ މީހުން ދެކޭގޮތުގައި ޤައުމީ ދުވަސް ފަދަ ދުވަސްތައް ރަސްމީ ފެންވަރެއްގައި ފާހަގަކުރާއިރު ހެދުން އަޅަން ވާނީ ކާބަފައިންގެ ޒަމާނުއްސުރެ ޤައުމީ ހެދުމުގެ ގޮތުގައި ބޭނުންކުރަމުން އަންނަ ހެދުން ހުންނަ ގޮތަށެވެ. ރަސްމީ ބައްދަލުވުންތަކުގައި އެމީހަކު ބޭނުން ގޮތަކަށް ޤައުމީ ހެދުން ފަރުމާކޮށްގެން ލުމަކީ އެއީ ފެންނަ ރަނގަޅު މަންޒަރެއް ނޫނެވެ. ބޭނުން ގޮތަކަށް ފަރުމާ ކޮށްގެން އަމިއްލަ ކަންތައްތަކުގައި ހެދުން އެޅިއަސް ރަސްމީ ޖަލްސާތަކުގައި ފެންނަންވާނީ ޤައުމީ ހެދުމެވެ.

ޤައުމީ ދުވަސް ފާހަގަކުރުމަށް ސްކޫލެއްގައި ބޭއްވި ހަރަކާތެއްގެތެރެއިން

ޤައުމީ ދުވަސްތައް ފާހަގަކުރުމަށް ސްކޫލުތަކުގައި ބޭއްވި ހަރަކާތްތަކުގައިވެސް ޒަމާނީ ކުލަ ޖެހިފައިވާ ހެދުންތައް ވަނީ ފެނިފައެވެ. ކުޑަކުޑަކުދިންތައް އެހެދުންތަކުގައި ބަލާލަން ކިތަންމެ ރީތިވިއަސް އެކުދިންނަށްވެސް ޤައުމީ ހެދުމަކީ ކޮބައިކަން ނޭނގޭ މިންވަރަށް އެހެދުންތަކަށް މިދަނީ ބަދަލު އަންނަމުންނެވެ. ޤައުމީ ހެދުމުގެ ނަމުގައި މިބޭނުންކުރެވެނީ ޒަމާނީ ހެދުމެކެވެ. މިއީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހެދުން ތުރުކުރެއްވިގޮތެއް ނޫނެވެ. ގިނަބަޔަކު ދަނީ ޤައުމީ ހެދުމުގެ ބަދަލުގައި ތަފާތު ގޮތްގޮތަށް ހެދުންލަމުންނެވެ.

ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކުގައާއި ރަސްމިއްޔާތުތަކުގައި ޤައުމީ ހެދުން ލުމަށް އިސްކަން ނުދެވިއްޖެނަމަ ކާބަފައިންގެ ޒަމާނުއްސުރެ ބޭނުންކުރަމުންއައި ޤައުމީ ހެދުން ލުމުގެ ސަގާފަތް އުވިދިއުމަކީ ވެދާނެކަމެކެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

އަޙުމަދު 29ސެޕްޓެމްބަރ2022

ތިއީ ހަންޑި ހެދުމެއް!

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —