Advertisement
header ad
XeeTimesXeeTimes
އަންމަލްތާސް އަކީ ކޮންއެއްޗެއްކަން އެނގޭތަ؟

އަންމަލްތާސް އަކީ ކޮންއެއްޗެއްކަން އެނގޭތަ؟

ހުޅުމާލެ އަށް ޒިޔާރަތްކުރާ މީހުންނަށް މިއީ އާވައްތަރެއްގެ ގަހަކަށް ނުވެދާނެއެވެ. މާ އަޅާފައި ހުންނަ 'އަންމަލްތާސް'ގެ ބޮޑުގަހެއް ހުޅުމާލޭގެ ފުރަތަމަފިޔަވަހީގައި ހުރެއެވެ.

ހުޅުމާލޭގަ ހުންނަ އަންމަލްތާސް ގަސް

އަންމަލްތާސް ގަހަކީ އެގަހުގައި ރީނދޫ ކުލައިގެ ބޮޑެތި ދިގު މައުކޯޅިތަކެއް ނުކުންނަ ބިޔަކޮށްހެދޭ ގަހެކެވެ. މިއީ އާންމުގޮތެއްގައި 10-15 މީޓަރުގެ އުސްމިނެއްގައި ހެދޭ ގަހެކެވެ. އަދި ލަކުޑިގަނޑު ސީދަލަށް މައްޗަށް ހެދޭ އާންމުގޮތެއްގައި ވަށަމިނުގައި 1 މީޓަރު ހުންނަ ގިނަގޮފިތަކެއް ހުންނަ ވަރަށްރީތި ގަހެކެވެ. މިގަހުގެ ފަތަކީ ދެފަޅިއަށް ހުންނަގޮތަށް ދިގުމިނުގައި 30-40 ސެންޓިމީޓަރު ހުންނަ 3-8 ޖޯޑު ފަތް ހުންނަ ފަތެކެވެ.

މި ގަހުގައިއަޅާ ތޮޅި ހުންނަނީ ދިގުކޮށް ވަށްކޮށް ބޭރު އޮމާންކޮށެވެ. ތޮޅީގައި 25-100 ދެމެދުގެ އަދަދަކަށް އޮށް ހުންނަކަމަށްވެއެވެ. މިއޮށުގެ މަދަކީ މޮޅު ޖުއްލާބެއްކަމަށް ރަދީފުގައި ވެސް ފާހަގަކޮށްފައިވެއެވެ.

Article - in content
Advertisement

މިގަސް އިންދުމަށްފަހު މާ އެޅުމަށް 8 ނުވަތަ 9 އަހަރު ހޭދަވާކަމަށްވެއެވެ. މިގަހުގެ ލަކުޑިއަކީ ދަރުގެ ގޮތުގައި އެންދުމަށް އަދި ފަރުނީޗަރު ހެދުމަށްވެސް ބޭނުންކުރާ ވަރަށްހަރު ލަކުޑިއެކެވެ. މާއަޅާފަ ހުންނައިރު މިއީ ވަރަށް ރީތި ގަހެކެވެ.  

https://twitter.com/xeetimes/status/1562316949693968386

މައުލޫމާތު: ރަދީފު އަދި ފީޑިޕީޑިއާ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —