Advertisement
header ad
XeeTimesXeeTimes
ހުޅުމާލޭގައި ދަނބުގެ ފޯރި: ކާއިރު ވިސްނާލަމާ!

ހުޅުމާލޭގައި ދަނބުގެ ފޯރި: ކާއިރު ވިސްނާލަމާ!

ހުޅުމާލޭގެ ފުރަތަމަފިޔަވަހީގެ ގިނަ މަގުތަކެއްގައި ދަނބުގަސް ހައްދާފަ ހުރިއިރު މިދުވަސްވަރަކީ ދަނބުގަސްތަކުގައި ގިނަ އަދަދެއްގެ ދަނބު އަޅާފަހުރި ދުވަސްވަރެކެވެ. ދަނބު ފެނުމުން ހަނދާންވަނީ މީގެ 22 ވަރަކަށް އަހަރު ކުރިއެވެ. އެއިރު ފުވައްމުލަކުން އާއިލާގެ މެންބަރުންނާއެކު ދަނބު ގަނެ އުޅުނީ 1 ރުފިޔާ އަށް 10 ދަނބެވެ. 

ދަނބުގަހުގެ މާ

ބިދޭސީން އެކަކު އަނެކަކަށްވުރެ ކުރިން ފޯރީގައި ދަނބުގަސްތަކަށް އަރާ ދަނބު ބިނދެވޭތޯ އުޅުނުއިރު އެމީހުން ދަނބުކޮތަޅެއް ވިއްކަނީ 50 ރުފިޔާ އަށެވެ. އޭގެ ކޮތަޅެއްގައި ރަނގަޅަށް ދޮންވެފަހުރި 50 ދަނބުވެސް އޮންނާނެހެން ހިއެއް ނުވެއެވެ.

ހުޅުމާލޭގެ މަގެއްގައި ބިދޭސީއަކު ދަނބު ވިއްކަނީ

އެންމެ ގިނަ އަދަދަކަށް ދަނބު ވިއްކުމަށް ބިދޭސީން އުޅެނީ ހުޅުމާލެއިން ބުރިޖަށް ދާން އޮންނަ މަގުގައެވެ. 

Article - in content
Advertisement

ކުޑައިރުގެ ހަނދާންތައް އާކުރުމަށް އޭގެ ދަނބުކޮތަޅެއް ގަނެގެން ގެއަށްއައިސް ދޮވެގެން ކާން ބެލިއިރު ކަމަކުދާކަށް ނެތެވެ. ގިނައީ ފަނިއަޅާފަހުރި ދަނބެވެ. ސަލާމަތުން ކާން ލިބުނީ ކޮތަޅުގައި ހުރި ދަނބުތަކުގެ ތެރެއިން ¼ ވަރެވެ. ދަނބު ކާއިރު ފަނިހުރިތޯ ޔަގީންކުރާށެވެ. ބައެއް ދަނބުތަކުގައި ފަނި ފެންނަގޮތަށް ލޯވަޅުހެދިފަހުރި މަންޒަރުވެސް ވަނީ ފެނިފައެވެ.

ދަނބު

ސޯޝަލް މީޑިއާގަވެސް ގިނަ އަދަދެއްގެ މީހުން ދަނީ ދަނބުގެ ފޮޓޯތައް ހިއްސާކުރަމުންނެވެ. ހުޅުމާލޭގެ ސެންޓްރަލްޕާކް ކައިރީގައި ދެފަރާތުގައި ހުރި ދަނބުގަސްތަކުގެ ކައިރިން ހިނގާލިޔަސް މިދުވަސްވަރު ދުވާނީ ދަނބުވަހެވެ. އެހާވެސް ގިނައިން ދޮންވެ ފައްކާވެފަހުރި ދަނބުތައް ގަސްތަކުގައި އެބަހުއްޓެވެ. 

އަހަރުގެ ބައެއް ދުވަސްތަކުގައި އަޅާ މިމޭވާއަކީ ހުތްފޮނިރަހައެއްދޭ ވަރަށް މީރު މޭވާއެކެވެ. އިނގިރޭސި ނަމުންނަމަ "ޖާވާ ޕްލަމް" އަކީ ކެއުމުގައި ބޭނުންކުރުމަށް ފައިދާހުރި މޭވާއެކެވެ. ފުރަތަމަ ފެހިކުލައިގައި ހުންނަ މިމޭވާ ރަތްކުލައަށް ބަދަލުވެ އެއަށްފަހު ދޮންވުމުން ބަދަލުވަނީ ދަނބުކުލައަށެވެ. ރަނގަޅަށް ދޮންވުމުން އޮމާންވެފަ އޮފްކަމެއް ހުންނާނެއެވެ. ދަނބު ބޭނުންކޮށްގެން ޖޭމްވެސް ތައްޔާރުކުރެވިދާނެެއެވެ.

ހުޅުމާލޭގެ މަގެއްގައި ހައްދާފަހުރި ދަނބުގަސްތަކެއް

ހުޅުމާލޭގެ މަގުތަކުގެ ދެފަރާތުގައި ހެދިފަހުރި ބޮޑެތިގަސްތަކުގައި ގިނަ އަދަދަކަށް މިމޭވާ އަޅާފަހުރިއިރު، ބޭނުން ކޮންމެ މީހަކު ގޮސް ދަނބު ބިންނަ މަންޒަރު ވަނީ ފެނިފައެވެ. އޮތީ އެމީހަކަށް ކުރެވުނު ހިތްވަރެކެވެ. އެކަމަކު ކުލައަލިހެދުމެއް ލައިގެން މިގަސްކައިރިއަށް ނުދިއުން ބުއްދިވެރިއެވެ. ވަޔާއެކު ވެއްޓޭ ދަނބަކުން ޖެހި ހެދުމުގެ ކުލަ ނުފިލައިގެން އުޅެންޖެހިދާނެތީއެވެ. އަދި ދަނބުގަހަށް އަރާއިރު ވެއްޓިދާނެކަމަށް ވިސްނާށެވެ. ރާއްޖޭގައި ވެސް ވަނީ ދަނބު ބިންނަން އުޅުނު މީހުން ގަހުން ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގާފައެވެ.

https://twitter.com/xeetimes/status/1559865294922719232

 

 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ބިންމޫސާ 21އޮގަސްޓު2022

ކަމާބެހޭފަރާތުން ގަސްތައް ޙިމާޔަތްކުރަން، ގަހަށް އެކަށޭނަ ސްޕްރޭއެއްޖަހައި ފަނިތައް ނައްތާލެވޭތޯ މަސައްކަތްކުަރަންފެނޭ. އަދި ދަނބު ބިނދެ ވިއްކަންޖެހޭނީވެސް އެފަރާތުން. ދަނބަށް ބިދޭސިންގެ އަތްގަދަވިޔަދީގެން ނުވާނެ. އެހެންދާކަމަށްވަންޏާާ ޤައުމުގެ ޙަައްހާސް ކަންކަމަށްވެސް އަތްގަދަ ކުރާކަށް އެމީހުން ޖެހިލުމެއްނުވާނެ. 1

Lol 19އޮގަސްޓު2022

Gannaaatheee ehnu 🤷🏾‍♀️ 1

Kkk 18އޮގަސްޓު2022

Keehvetha bidhaysin mi bidhegen vikan v mi enmmen kaanhuri ehche mee v dherakameh 1 1

Mufee 18އޮގަސްޓު2022

Raajjey gai bidheysin nah noonee ehves kameh Ebavey thoa Ekamaku mee Alhugadu menge gaumu mi dhivehi Raajje noon ehves gaumehga Ais thibey bidhey sinnah Evaruge baareh Ohna gaumeh Alhugadu nudheken mihaaru bidheysin athun dhivehives viafaari kuran mijehenee Sarukaarun mikamaa visnaalun Rangalhu kamah Alhugandah feney😪 dhanbakee Alhugadu ves V kaahihvaa kaan beynunvaa meevaaeh Namaves keehthoa kuraa Ehaa bodu ageh fheefa dhanbu gahnaane faisaaeh Alhugadu athuga mihaaraku neiy😭😭😭😭 7 2

Holhi 17އޮގަސްޓު2022

https://twitter.com/xeetimes/status/1559865294922719232?t=Etk7CaY-VG82FUEHr0sJjg&s=19 3

ހހ 17އޮގަސްޓު2022

މޮޖީޓޯ ހަދާލަން ފައކާ 5 3

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —