Advertisement
header ad
XeeTimesXeeTimes
ދުނިޔޭގެ އެންމެ އަގުބޮޑު ތަރުކާރީ އަކީ ކޮބާ؟ ވިޔަފާރި

ދުނިޔޭގެ އެންމެ އަގުބޮޑު ތަރުކާރީ އަކީ ކޮބާ؟

އިންސާނާ ދުނިޔޭގައި ހުރުމަށް ބޭނުންވާ މާއްދާތައް ލިބެނީ ކެއުމަށް ބޭނުންކުރާ ތަކެތިންނެވެ. ރަނގަޅު ކާނާ ހަށިގަނޑަށް ބޭނުންވާ ސަބަބުތައް ވަރަށްވެސް ގިނައެވެ. ވިޓަމިންސް މިނަރަލްސް ފަދަ މާއްދާތައް ލިބެނީ ކާބޯތަކެތިންނެވެ. މޭވާ، ތަރުކާރީ، މަސް ފަދަ އެއްޗެހިންނެވެ.

ހަށިގަނޑުގައި ހުންނަންޖެހޭ މާއްދާތައް މަދުވެއްޖެނަމަ އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކުރެއެވެ. ކެއުމުގައި ހިމަނަންޖެހޭ މުހިއްމު ކާނާގެ ތެރޭގައި ތަރުކާރީއަކީވެސް ވަރަށް މުހިއްމު ރޯލެއް އަދާކުރާއެއްޗެކެވެ. ދުނިޔޭގައި ތަފާތު ވައްތަރުތަކުގެ ތަރުކާރީ ހައްދާއިރު އެންމެ އަގުބޮޑު އަދި އެންމެ އުދަގުލުން ލިބޭ ތަރުކާރީގެ ތަފްސީލު ހިމަނާލާނަމެވެ.

1. ހޮޕް ޝޫޓް ހޮޕް ޝޫޓްސްއަކީ ވަރަށް އަގުބޮޑު ތަރުކާރީއެއްގެ ގޮތުގައި ހިމެނިފައިވާ އެއްޗެކެވެ. މިހެދެނީ "ހޮޕް" ކިޔާ ކުޑަކުޑަ ގަހެއްގައެވެ. ސައިޒުގެ ގޮތުން ވަރަށް ކުޑަ ނަމަވެސް ވަރަށް ފައިދާހުރި ތަރުކާރީއެކެވެ. މި ހެއްދުމަކީ ފުދޭ ވަރެއްގެ ބުރަ މަސައްކަތެކެވެ. މިމަސައްކަތުގެ ބުރަ ކަމުން ގިނަ މީހުންނަށް މިމަސައްކަތް ކުރަން ވަގުތުވެސް ނުދެވެއެވެ.

ހޮޕް ޝޫޓް ހެއްދުމަށް ހޭދަވާ މުއްދަތުވެސް ދިގެވެ. އެހެންނަމަވެސް ހިތްވަރެއް ކޮށްލައިފިނަމަ މިކަމުން ވަރަށްބޮޑު ނަފާއެއް ލިބިގެންދާނެއެވެ. މީގެ ޕައުންޑެއްގެ އަގަކީ 426 ޔޫއެސް ޑޮލަރެވެ.

Article - in content
Advertisement
2. ލަ ބޮނޮޓީ ޕޮޓޭޓޯސް އާދައިގެ އަލުވި އަކީ އަގުގެ ގޮތުން ވަރަށް ހެޔޮ އެއްޗަކަށް ވީނަމަވެސް މިވައްތަރުގެ އަލުވި އަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. ކުރިއާއި އަޅާބަލާއިރު މީގެ އަގު ދަނީ ވަރަށް ބޮޑުވަމުންނެވެ. މިވައްތަރުގެ އަލުވިއަކީ ހަމައެކަނި ވެސްޓް ފްރާންސްގެ ރަށެއްގައި ހެދޭ އެއްޗަކަށްވެފައި ލިބުންވެސް ދަތި އެއްޗެކެވެ. މުޅި ދުނިޔޭގައި އަހަރެއްގެ މައްޗަށް 100 ޓަނު އުފެއްދޭއިރު މިއީ ވަރަށް މަދު އަދަދެކެވެ. ކޮންމެ އަލުވި އަކީ ވެސް ވަކިން ހޭންޑް ޕިކްކޮށްގެން ގެންނަންޖެހޭ އެއްޗަކަށްވާއިރު މިކަމުގެ މަސައްކަތް ވަރަށް އުދަގޫވެފައި ބުރަވާނެއެވެ. ކޮންމެ އެއްޗެއް ވަކިން 'ފާޓިލައިޒް' ކުރުމަށް ބޭނުންވެއެވެ. މިވައްތަރުގެ އަލުވި ކާން ލިބެނީ ފްރާންސްގައި އެންމެ އަގުބޮޑެތި ރެސްޓޯރެންޓުންނެވެ. މިކަހަލަ އަލުވިއެއްގެ ރަހަ ބަލާލަން ލިބުމަކީ ނަސީބެކޭ ބުނެވިދާނެއެވެ. މީގެ ޕައުންޑެއްގެ އަގަކީ 320 ޔޫއެސް ޑޮލަރެވެ. 3. ވަސާބީ ރޫޓް ސޫޝީ ކާން އާއްމުކޮށްދާ ރެސްޓޯރެންޓަކަށް ވުރެ ފެންވަރު ރަނގަޅު ރެސްޓޯރެންޓަކުން ވަސާބީ ރޫޓުގެ ރަހަ ލިބިދާނެއެވެ. އެއީ ޕްރީމިއަމް ކޮލިޓީގެ ތަންތަނުގައި ބޭނުންކޮށްފައި ހުރެއެވެ. އާއްމުގޮތެއްގައި ވަސާބީ ދަނޑުތަކަކީ ޖަޕާނު ނުވަތަ ޔޫރަޕްގެ ގައުމުތަކުގައި ހުންނަ އެއްޗެކެވެ. މިއީވެސް ހައްދަން ވަރަށް އުދަގޫ ބާވަތެކެވެ. ޝޫޝީ ކާ ފަރާތްތަކަށް ވަރަށް މީރު އެއްޗަކަށް ވެފައިވެއެވެ. މީގެ ޕައުންޑެއްގެ އަގަކީ 73 ޔޫއެސް ޑޮލަރެވެ. 4. ޔަމަޝިތާ ސްޕިނިޗް އާދައިގެ ސްޕިނިޗެއްގެ އަގާއި ބަލާއިރު މީގެ އަގު ވަރަށް ތަފާތެވެ. މީގެ އަގު ބޮޑުވާ ސަބަބެއް ކަމުގައި ވަނީ އެހާ ފަސޭހައިން ލިބެން ނުހުންނާތީއެވެ. މިއީ ޖަޕާނުގެ އިތުރުން ފްރާންސްގައި ހައްދައިގެން ވިއްކާ ފަތެކެވެ. މިފަތް އެންމެ ރަނގަޅު ގޮތުގައި ހެއްދުމަށް ވަރަށް ގިނަ އަހަރުތަކެއް ހޭދަވެއެވެ. މީގެ ޕައުންޑެއްގެ އަގަކީ 13 ޔޫއެސް ޑޮލަރެވެ. 5. ޕިންކް ލެޓިއުސް މިއީ އާދައިގެ ލެޓިއުސް އާއި ތަފާތު ބަލާބެލުމަށް ކުލައިގެ ގޮތުންވެސް ތަފާތު ފަތެކެވެ. މިފަތަކީ ފިޔާތޮށި ކުލައިގައި ހުންނަ ވަރަށް ރީތި އަދި ތާޒާ ފަތެކެވެ. މިއީ އެއްވެސް ބާވަތެއްގެ ކެމިކަލްއެއް ބޭނުން ނުކޮށް ހައްދާ ފަތެއްވެސް މެއެވެ. މިފަހަކުން ދުނިޔޭގެ ބާޒާރުގައި މިފަތުގެ މަޝްހޫރުކަން ލިބި މީގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ފެހިކުލައިގެ ލެޓިއުސްއަށްވުރެ ޕިންކް ލެޓިއުސްގެ ފައިދާވެސް ބޮޑެވެ. މީގެ ޕައުންޑެއްގެ އަގަކީ 10 ޔޫއެސް ޑޮލަރެވެ.

 

މައުލޫމާތު: މަނީ އިންކް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —