May 20, 2024 20:39
Advertisement

-Advertisement-

އެންމެ ގިނަ ދުވަސްވީ މި ރެސްޓޯރެންޓަށް ޒިޔާރަތްކޮށްލަން ބޭނުންތަ؟

ދުނިޔޭގެ އެކި ޤައުމުތަކަށް ޒިޔާރަތްކުރަން ފުރުސަތު ލިބޭއިރު އެގައުމުތަކުގައި ހުންނަ ޚާއްސަ ކެއުންތަކަކީ ކޮބައިތޯބަލާ، ތަފާތު މީރު ކެއުމެއް ކާލަން ދިއުމަކީ އެތަނަކަށް ޒިޔާރަތްކުރުމުގެ މަގްސަދެއް ކަމުގައި ބައެއް މީހުން ދެކެއެވެ. އަހަރެމެންގެ ތެރޭގައިވެސް އެކި ގައުމުތަކަށް ޚާއްސަކެއުމާއި އެންމެ އިހުޒަމާނުގެ ކެއުންތަކަށް ލޯބިކުރާ މީހުން އެބައުޅެއެވެ.

ދުނިޔޭގެ އެންމެ ޒަމާންވީ ރެސްޓޯރެންޓަކީ ކޮބައިކަން އެގެނީ ކިހާމިންވަރަކަށްބާއެވެ. މުޅި ދުނިޔޭގައި ހުރި އެންމެ އާސާރީ ރެސްޓޯރެންޓް ކަމަށް ހޯދުންތަކުން ދައްކަނީ 1725 ވަނަ އަހަރު ސްޕެއިންގެ މެޑްރިޑްގައި ހުޅުވުނު 'ރެސްޓޯރެންޓް ބޮޓިން' ނަމުން ނަންދެވިފައިވާ ރެސްޓޯރެންޓެވެ. މިތަނަކީ އެންމެ ކުރީޒަމާނުގެ ސްޕެނިޝް ކެއުންތައް ލިބެން ހުންނަ ރެސްޓޯރެންޓެކެވެ. މިތަން ހުޅުވީ ސްޕެނިޝްގެ ޝެފެއް ކަމަށްވާ ޖެން ބޮޓިންއެވެ. އެއީ މީގެ 3 ގަރުނު ކުރިންނެވެ. އޭރު އެތަނުގެ ނަމަކީ 'ކަސަ ބޮޓިން' އެވެ.

މިތަން ޑިޒައިން ކޮށްފައި ހުންނަނީ މިއުޒިއަމެއް ގޮތަށެވެ. މިތަނުގައި 4 ބުރި ހިިމެނޭގޮތަށް މިތަނުގެ ވެރިޔާއަށް ވަކިން ޚާއްސަ ކޮޓަރިއެއް ހުރެއެވެ. 17 ވަނަ ގަރުނުގައި މިތަނުގައި ކައްކަނީ މިތަނަށް އަންނަ ގެސްޓުން ގެންނަ ކައްކާއެއްޗިހި އެކަންޏެވެ. އެއީ އެޒަމާނުގައި ރެސްޓޯރެންޓް ވިޔަފާރިއާއި ކާއެއްޗެހި ކައްކައިގެން ވިއްކުމަކީ މަނާ ކަމަކަށްވާތީއެވެ. އެއީ އެކަމުގެ ސަބަބުން އެހެން ވިޔަފާރިތަކަށް ބުރޫއަރާފާނެތީ ކަމަށް ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ.

Advertisement

20 ވަނަ ގަރުނާއި ހަމައަށް މިރެސްޓޯރެންޓް އޮތީ ބޮޓިންގެ އާއިލާގެ ބެލުމުގެ ދަށުގައެވެ. ބޮޓިން ނިޔާވުމާއި ގުޅިގެން ދެން މިތަނާއި ހަވާލުވީ އޭނާގެ ދައްތަގެ ފިރިހެން ދަރިފުޅެވެ. އެއަށްފަހު މިތަނުގެ ނަން 'ސޮބްރިނޯ ދި ބޮޓިންގެ' ނަމަށް ބަދަލުކުރެވުނެވެ. އަދި 1930 ވަނަ އަހަރު ކާފަދަރިން މިތަނާއި ހަވާލުވުމަށްފަހު މިހާރު މިތަން ބަލަހައްޓަމުން އަންނަނީ އެމީހުންގެ މުނިކާފަ ގޮންޒަލެލްއެވެ. މިތަނުގެ ޚާއްސަ ކަންކަމުގެ ތެރޭގައި މިތަނަކީ 17 ވަނަ ގަރުނުން ފެށިގެން ހުޅުވުނީއްސުރެ އެއްވެސް އިރެއްގައި ބަންދު ކޮށްފައި ނުވާ ރެސްޓޯރެންޓެކެވެ. އެހެންނަމަވެސް ކޮވިޑް 19ގެ ނުރައްކާތެރިކަން ދުނިޔެއަށް ފެތުރިގެން ދިޔަ ދުވަސްވަރު ބަންދުކުރަން ޖެހުނެވެ. އެކަން އެއާއިލާއިން ފާހަގަކުރީ ވަރަށް ހިތްދަތި ކަމެއްގެ ގޮތުގައެވެ. މިތަނަކީ ސްޕެނިޝްގެ މަދަނީ ހަނގުރާމައިގައިވެސް ބަންދުކޮށްފައި ނުވާ ތަނަކަށްވެފައި ހަމައެކަނި ކޮވިޑްގެ ހާލަތުގައި ބަންދުކުރަން ޖެހުންވީ ބަރުދާސްކުރަން ދަތި ކަމަކަށެވެ.

މިތަނަކީ ވަރަށް ގިނަ ލިޔުންތެރިންވެސް ޒިޔާރަތްކޮށްފައިވާ މަޝްހޫރު ރެސްޓޯރެންޓެއްވެސް މެއެވެ. މަޝްހޫރު 'އަނެސްޓް ހެމިންގވޭ' ކަހަލަ ފޮތް ލިޔުއްވާ ބޭފުޅުން މިތަނުގެ ކުރީގެ ވެރިޔާ ބޮޓިންގެ ވާހަކަ އެމީހުންގެ ފޮތްތަކުގައިވެސް ލިޔުއްވާފައި އެބަހުއްޓެވެ. ކޮވިޑަށް މިތަން ބަންދުކުރުމަށްފަހު އަލުން ހުޅުވައި ޚިދުމަތްދޭން ފަށާފައިވަނީ 1 ޖުލައި 2020 ގައެވެ.

 

މައުލޫމާތު:ސީއެން.އެން ޓްރެވެލް

+1
0
+1
1
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް