Advertisement
header ad
XeeTimesXeeTimes
އީމާން ވަކިވެދިޔައީ މާނަފުން ޢިބްރަތްތެރި މެސެޖުތަކެއް ދޫކޮށްފަ!

އީމާން ވަކިވެދިޔައީ މާނަފުން ޢިބްރަތްތެރި މެސެޖުތަކެއް ދޫކޮށްފަ!

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލޭގެ ދާއިރާގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ އައިމިނަތު އީމާން ދަންނަ މީހުން ފާހަގަކޮށްފައިވާ ގޮތުގައި މިއީ އެންމެންނާ ގުޅޭ ރަނގަޅު ރަހުމަތްތެރިއެކެވެ. މަސައްކަތަށް ފަރުވާތެރިއެވެ.

މިދިޔަ އާދީއްތަ ދުވަހު ހުޅުމާލޭގައި އީމާން ދުއްވަމުންދިޔަ ސައިކަލުން ވެއްޓި އޭނާގެ ބޮލަށް އަނިޔާލިބުނީ ބަންޕަރެއްގެ މައްޗަށް އެރިތަނުން ސައިކަލް ކަހާލައިގެން ވެއްޓިގެންނެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގައި ގިނައަދަދެއްގެ ލޭ ހުރިއިރު އަދި އެކްސިޑެންޓް ހިނގުމާއެކު އީމާން ހޭނެތުނުއިރު އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އީމާންގެ އެކްސިޑެންޓް ހިނގި ދުވަހުގެ ކުރީދުވަހު ވަނީ ސޯޝަލް މީޑިއާގައި މާނަފުން މެސެޖުތަކެއް ހިއްސާކޮށްފައެވެ.

Article - in content
Advertisement

" ކަންބޮޑުވުމަކީ ޖުމްލަކޮށް ވަގުތު ބޭކާރުކުރުން. އެއިން އެއްވެސް ކަމަކަށް ބަދަލެއް ނާދޭ. ތިބާގެ އުފާވެރިކަން ފޭރިގަނެ އެއްވެސް ކަމެއް ނުކޮށް ވަރަށް ބިޒީވުން ނޫންކަމެއް ނެތް" ހޮނިހިރު ދުވަހުގެ ރޭ އީމާން ފޭސްބުކްގައި ހިއްސާކުރި ލިޔުމުގައި ވެއެވެ.

އަދި ހަމަ ފެބުރުއަރީމަހުގެ 26 ވަނަ ދުވަހު އީމާން ހިއްސާކުރި އެހެން ލިޔުމެއްގައި ވެއެވެ.

"ތިމާއަށް އެންމެ ނަފްރަތުކުރާ މީހާއަކީ ތިމާއާއި އެންމެ ގާތުގައި އުޅޭ މީހާ ކަމުގައިވެސް ވެދާނެއެވެ".

އީމާން ސިޓީކައުންސިލް އޮފީހުގައި. ފޮޓޯ: ފޭސްބުކް

އީމާންގެ އެކްސިޑެންޓް ހިނގި ދުވަހު ނޫން ކުރީ ދުވަހު ދެން ހިއްސާކުރި ލިޔުމުގައި ބުނެފައިވަނީ އެންމެ ރަނގަޅު ގޮތަކީ ދިރިއުޅުމުގައި ހިނގާ ކަންކަން މީހުންނަށް ކިޔައިދިނުން ހުއްޓާލުމެވެ.

ހުޅުމާލޭގައި ދެކުދިންނާއި ފިރިމީހާއާއެކު ދިރިއުޅެމުންދިޔަ އުމުރުން 29 އަހަރުގެ އީމާންގެ ވަކިވުމުން ގިނަބަޔަކަށް ފުންއަސަރުތަކެއް ވަނީ ކޮށްފައެވެ. ސޯޝަލް މީޑިއާގައި އީމާންގެ ރަހުމަތްތެރިއަކު ލިޔެފައިވެއެވެ.

" ވަކިވެ ތިދިޔައީ ހާދަ ލޯތަކެއް ކަރުނުން ތެންމާފަ. އެކަނިކޮށްފަ. ތިޔަ ވަކިވުމަކީ މިކޮމިޓީއަށް ފޫނުބެއްދޭވަރުގެ ހިތްދަތިކަމެއް. މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު އެކީ ވިލިމާލެއަށް އަގުހުރި ޚިދުމަތްތެރި ދަރިއެއް. ނަމޫނާ ރަހުމަތްތެރިއެއް. ޚިދުމަތްތެރި ދެދަރިންގެ މަންމައެއް". ސަމިއްޔާ އަބްދުﷲ ލިޔެފައިވެއެވެ.

'ޒީޓައިމްސް' އިން އެދެނީ މައްޔިތާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ އާއިލާ އަށް ކެތްތެރިކަން ދެއްވުމެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Whoever. 02މާޗް2022

You guys need to stop posting her pictures if you really care about her hereafter. 9 2

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —