Advertisement
header ad
XeeTimesXeeTimes
މައުލޫމާތު: 3 ހިތާއި 9 ސިކުނޑި ހިމެނޭ އެއްޗެއް

މައުލޫމާތު: 3 ހިތާއި 9 ސިކުނޑި ހިމެނޭ އެއްޗެއް

މޫދުގައި ދިރިއުޅޭ އެންމެ ތަފާތު އެއް ބާވަތަކީ ބޯވައެވެ. ބޯވައަކީ 3 ހިތާއި 9 ސިކުނޑި ހުންނަ ނޫކުލައިގެ ލޭ ހުންނަ އެއްޗެކެވެ. ބޯވާގައި 8 ފައި (ޓެންޓަކްލްސް) ހުންނައިރު އެއިން ކޮންމެ ފައެއްގައިވެސް މައި (ނުވަވަނަ) ސިކުނޑިއާއި ގުޅިގެން މަސައްކަތްކުރުމަށް ކުޑަ ސިކުނޑިއެއް ހުރެއެވެ. އެހެންކަމުން ބޯވައިގެ ކޮންމެ ފައެއްވެސް މިނިވަންކަމާއެކު މަސައްކަތްކުރެއެވެ. އަދި ހުރިހާ ސިކުނޑިއެއް ގުޅިގެންވެސް މަސައްކަތް ކުރެއެވެ.

އަދި 3 ހިތާއިއެކު ބޯވަ އުފެދިފައިވާއިރު، މީގެތެރެއިން 2 ހިތަކީ ބޯވައިގެ ކަރުތާފަތްގަނޑަށް ލޭ ފޮނުވައިދިނުމަށް ހުންނަ ހިތެވެ. އަދި ދެންހުންނަ މައި ހިތަކީ ބޯވައިގެ އެހެނިހެން ހިސާބުތަކަށް ލޭ ފޮނުވައިދިނުމަށް ހުންނަ ހިތެވެ. ބޯވައިގެ ލޭގައި 'ހިމޮސައިނިން' ގިނަ އަދަދަކަށް ހިމެނެއެވެ. އެހެންކަމުން ކިތަންމެ ފިނިހިސާބެއްގައި ވިޔަސް އުޅެވޭގޮތަށް އޮކްސިޖަން ފޯރުކޮށްދީ ލޭގެ ކުލަ ހިފެހެއްޓުމުގެ ޒިންމާ އަދާކުރެއެވެ.

ފޮޓޯ: އޮކްޓޮޕަސް އެނަރޖީ

ބޯވައަކީ ކޮންމެ މާހައުލަކާވެސް ގުޅޭގޮތަށް އޭގެ ކުލަ ބަދަލުކުރުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ.

Article - in content
Advertisement

 

މަސްދަރު: ބަޔޯޖިއޯޕްލެނެޓް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —