Advertisement
header ad
XeeTimesXeeTimes
ރަޙިމުގެ ގުޅުން ކަނޑާލާ މީހާއާ ﷲ ތަޢާލާ ވެސް ގުޅުން ކަނޑުއްވާ ލައްވާނެތެވެ! ދީން

ރަޙިމުގެ ގުޅުން ކަނޑާލާ މީހާއާ ﷲ ތަޢާލާ ވެސް ގުޅުން ކަނޑުއްވާ ލައްވާނެތެވެ!

މައިންބަފައިންނަށް ކަމޭހިތުމުގެ ތެރޭގައި އެބައިމީހުން ދުނިޔެ ދޫކޮށް ދިއުމުން، އެބައިމީހުންނަށްޓަކައި ހެޔޮ ދުޢާ ކުރުމާއި، އެބައިމީހުންގެ ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނާއެކު، ގުޅުން ދެމެހެއްޓުން ވެއެވެ. މިކަމަށް ރަޙިމުގެ ގުޅުމޭ ކިޔެއެވެ.

ގާތްތިމާގެ މީހުންނާއެކު ގުޅުން ދެމެހެއްޓުމަކީ ﷲ ތަޢާލާ ގެ ރަޙްމަތް ލިބޭނެ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމްގެ ބަސްފުޅެއްގައިވެއެވެ. "ރަޙިމުގެ ގުޅުން ދަމަހައްޓާ މީހާއާ އެކު، ﷲ ތަޢާލާ ގުޅުން ދަމަހައްޓަވާނެތެވެ. ރަޙިމުގެ ގުޅުން ކަނޑާލާ މީހާއާ ﷲ ތަޢާލާ ވެސް ގުޅުން ކަނޑުއްވާ ލައްވާނެތެވެ."

މާތް ﷲ ގުޅުން ކަނޑުއްވާލައްވައިފިނަމަ އަޅުގަނޑުމެންނަށް އަމާންކަމެއް އޮންނާނެ ހެއްޔެވެ؟ ރައްކާތެރިކަމެއް އޮންނާނެ ހެއްޔެވެ؟

Article - in content
Advertisement

ގާތްތިމާގެ މީހުންނާ ގުޅުން ކެނޑުމަކީ، ޤިޔާމަތްދުވަހުން ސުވަރުގެ ވަނުމުން މަޙްރޫމްވެގެންދާނެ ކަމެކެވެ. މިޒަމާނުގެ ފަންނީ ވަސީލަތްތަކުގެ ސަބަބުން، ގާތްތިމާގެ މީހުންނާއެކު ގުޅުން ވާޞިލުކުރުމުގެ މަގު މިވަނީ، ފަސޭހަކަމަކަށް ވެފައެވެ. މޯބައިލް ފޯނާއި، މީސްމީޑިއާއިން އެއްވެސް ބުރަކަމެއްނެތި އެމީހުންނާ ގުޅައި، އެމީހުންގެ ހާލުބަލައި، އެމީހުންނާއެކު ގުޅުން ދެމެހެއްޓިދާނެއެވެ.

ކާބަފައިންގެ ޚާއްސަ ސިފަތަކުގެތެރޭގައި މައިންބަފައިންނަށް ކަމޭހިތުމާއި، އަޅައިލުން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމްގެ ރިސާލަތާއެކު މުސްލިމުންގެ މުޖްތަމަޢުތައް މައިންބަފައިންނަށް ޤަދަރުކުރާ، އެމީހުންނަށް އިޙްތިރާމްކުރާ މުޖްތަމަޢުތަކަކަށް ވިއެވެ. މާތް ﷲ އަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަށްފަހު ދެން އެންމެ އިސްކަންދޭންޖެހޭ ޙައްޤަކީ، މައިންބަފައިންނަށް ކަމޭހިތުމާއި އޯގާވެރިވުމެވެ.

" އެއްވެސް ބުރަކަމަކާއި، ދަތިކަމަކާއި ނުލައި، ރިޒްޤު ތަނަވަސްވާނެ މަގެއް ދައްކަވާފައިވާކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމްގެ ބަސްފުޅުން އެނގޭ. އެއީ ވަރަށް ލުއި ފަސޭހަ ކަމެއް. މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށްހިތައި ގުޅުން ބަދަހިކުރުން"

ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ތިން ދުޢާއެއް އިޖާބަ ނުކުރައްވައި ރައްދު ނުކުރައްވާނެއެވެ. އެއީ މައިންބަފައިން އެމީހުންގެ ދަރީންނަށް ކޮށްދޭ ދުޢާއާއި، ރޯދަވެރިޔާގެ ދުޢާއާއި، ދަތުރުވެރިޔާގެ ދުޢާއެވެ.

 

މަޢުލޫމާތު: ހުކުރު ޚުތުބާ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —