Advertisement
header ad
XeeTimesXeeTimes
'ސީވިއު' ކަމަށް ބުނެ ވިއްކި އެޕާޓްމެންޓްތަކުން ފެންނަނީ 'ކޮންޓެއިނާވިއު'

'ސީވިއު' ކަމަށް ބުނެ ވިއްކި އެޕާޓްމެންޓްތަކުން ފެންނަނީ 'ކޮންޓެއިނާވިއު'

ހުޅުމާލޭގެ ފިތުރޯނުމަގުގައި ހުންނަ ރެނާޓަސް އިތާމުއި އެޕާޓްމެންޓްތައް ވިއްކަންފެށީ 2017 ވަނަ އަހަރުގައެވެ. އިންޑިއާގެ ކުންފުންޏަކުން އިމާރާތްކުރި މި ފުލެޓުގެ މަސައްކަތްނިމި މީހުން ދިރިއުޅެން ފެށީ 2018 ވަނަ އަހަރުގެ މެއި މަހުގައެވެ.

އެޕާޓްމެންޓްތައް ވިއްކިއިރު މޫދު ފެންނަގޮތަށްހުރި އެޕާޓްމެންޓްތައް ވިއްކާފައިވަނީ ސިޓީވިއުއަށްވުރެ ބޮޑު އަގެއްގައެވެ. ސަބަބެއްކަމަށް ބުނެފައިވަނީ އެއީ ސީވިއު އެޕާޓްމެންޓްތައް ކަމަށް ވާތީއެވެ.

ރެނާޓަސް ފުލެޓުގެ ބައެއް އެޕާޓްމެންޓްތަކަށް ކުރިން ފެންނަންހުރި ރީތި މަންޒަރު. މިހާރު ބައެއް އެޕާޓްމެންޓްތަކަށް ފެންނަނީ ކޮންޓެއިނާތައް

" ސިޓީވިއުއަށް ވުރެ ސީވިއުގެ އެއްކޮޓަރީގެ އެޕާޓްމެންޓް އެއްލައްކަ ރުފިޔާ އަށްވުރެ ބޮޑުއަގެއްގައި ވިއްކިއިރު 2 ކޮޓަރި އަދި 2 ކޮޓަރިއާއި މެއިޑްރޫމްގެ އިތުރުން 3 ކޮޓަރިއާއި މެއިޑްރޫމް ވިއްކާފައިވަނީ ވަރަށްބޮޑު އަގެއްގައި. ޕެންޓްހައުސް ވިއްކާފައިވަނީ ސިޓީވިއުއަށްވުރެ މިލިއަނެއްހާރުފިޔާ ބޮޑުކޮށް" ރެނާޓަސްގައި ދިރިއުޅޭ މީހަކު ކިޔައިދިނެވެ.

Article - in content
Advertisement

ރެނާޓަސް އިމާރާތުގެ 2 ވަނަ ފަންގިފިލާ އަދި 3 ވަނަ ފަންގިފިލާގެ އެޕާޓްމެންޓްތަކުން މިހާރު ފެންނަންހުރީ ސީވިއުގެ ބަދަލުގައި ކޮންޓެއިނާތަކެވެ. ސީވިއު އެޕާޓްމެންޓްތައް އަގުބޮޑުކޮށް ގަތް ބައެއް މީހުންނަށް މިއަދުވަނީ މިހެންވުމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފައެވެ. 

" ބޮޑުއަގުގައި މޫދު ފެންނާނެކަމަށް ބުނެ ވިއްކި އެޕާޓްމެންޓްތަކުން ފަހަކަށް އައިސް ގިނައިން ފެންނަނީ ކޮންޓެއިނާތައް. އެމްޕީއެލްއިން އެހުންނަނީ މަތިމައްޗަށް 3 ކޮންޓެއިނާ ބަހައްޓާފަ. މުޅި ސަރަހައްދުގައި އެއޮތީ ހުސް ކޮންޓެއިނާ. މިއީ ވަރަށް ދެރަކަމެއް" ރެނާޓަސްގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ރެނާޓަސް އިމާރާތުގެ ކުރިމަތިން ފެންނަންހުރި ކޮންޓެއިނާތައް

އަދި އެއިމާރާތުގައި ދިރިއުޅޭ މީހަކު މައުލޫމާތު ދިންގޮތުގައި އެމީހުން ބޮޑުއަގުގައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނު ނަގައިގެން އެޕާޓްމެންޓްތައް ގަތީ މޫދު ފެންނާނެކަމުގެ އުންމީދުގައެވެ.

" އެއްކޮޓަރީގެ ތަނެއް މިލިބެނީ 1.6 މިލިއަން ރުފިޔާއަށް. ބޭންކުން 1 މިލިއަން ރުފިޔާގެ ލޯނެއް ނެގިއްޔާ ވިހި އަހަރުން އެބަޖެހޭ 3 މިލިއަނެއްހާ ރުފިޔާ އެއްކޮޓަރީގެ ތަނަކަށް ދައްކަން. 3 ކޮޓަރީގެ ތަނެއް 3 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ލިބޭއިރު ބޭންކަށް ދޭން އެބަޖެހޭ 5 މިލިއަނަށްވުރެ ގިނަ ރުފިޔާ އިންޓަރެސްޓާއެކު. މިހާ އަގުބޮޑުކޮށް ތަން ގަތުމަށްފަހު މިލިބެނީ ބޮޑެތި ލަނޑު" ކުރިން ފެންނަންހުރި ރީތި އިރުއޮއްސޭ މަންޒަރުގެ ބަދަލުގައި ކޮންޓެއިނާތައް ފެންނަން ހުރުމުން ހިތްހަމަނުޖެހިފައި ހުރި އެމީހާ ބުންޏެވެ.

ރެނާޓަސް އިމާރާތުގެ ކުރިމަތީގައި ހުރި ހުސްބިމުގައި ވަނީ ގިނައަދަދެއްގެ ކޮންޓެއިނާ ބަހައްޓާފަ

ރެނާޓަސް އިތާމުއި އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޙަމީދު 'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން ވިދާޅުވީ ރެނާޓަސްގެ ކުރިމަތީގައި އޮތް ހުސްބިމުގައި ކޮންޓެއިނާތައް މަތިމައްޗަށް ބަހައްޓާފަހުރުމުން އެކަމަށް ހައްލެއް ލިބޭތޯ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވާހަކަ ދެކެވިއްޖެ ކަމަށެވެ.

" އެޗްޑީސީ އާއި ވާހަކަދެއްކި ފަހުން އެތަނުން ކޮންޓެއިނާތައް ނެގި. އެކަމަކު އަނެއްކާވެސް މިފެންނަނީ މުޅިތަނުގައި ކޮންޓެއިނާތައް ބަހައްޓާފަހުރިތަން. އެމްޕީއެލްއިން އެގޮތަށް ކޮންޓެއިނާތައް ބެހެއްޓުމުގެ މަސައްކަތްކުރާތީ ރެނާޓަސްގެ ތިރީ ފަންގިފިލާތަކުގައި ދިރިއުޅޭ މީހުންނަށް ވަރަށް އަޑުގަދަ. އަދި އަގުބޮޑުކޮށް އެޕާޓްމެންޓްތައް ގަތް މީހުންގެ ޝަކުވާއެބަހުރި މިމައްސަލައިގައި" ހަމީދު ވިދާޅުވިއެވެ.

ރެނާޓަސް އިމާރާތުގެ މަތީ ފަންގިފިލާއެއްގައި ހުރި މީހަކު ނަގާފައިވާ ފޮޓޯއެއް. ކޮންޓެއިނާ އުފުލުމުގެ މަސައްކަތް ކުރާއިރު އަޑުގަދަކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ

އެޗްޑީސީ އިން ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ޙަމީދު ވިދާޅުވީ ރެނާޓަސް ކުރިމަތީގައި އޮތް ހުސްބިމުގައި ހެދުމަށް ހަމަޖެހިފައިވަނީ އެންމެ އުސްކޮށްވިއަސް 2 ބުރިއަށް ހުންނަ ތަންތަން ކަމަށެވެ.

ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޓާމިނަލް ކައިރީގައި އޮންނަ ހުސްބިން ބޭނުންކުރަނީ ވަގުތީގޮތުން އެމްޕީއެލްގެ ކޮންޓެއިނާ ބެހެއްޓުމަށް ކަމަށް އެމްޕީއެލްގެ އޮފިޝަލަކު މައުލޫމާތު ދެއްވިއެވެ. މިބިން އެމްޕީއެލްގެ ބޭނުމަށް ހޯދާފައިވަނީ ކިހާ މުއްދަތަކަށް ކަމެއް ސާފުވާގޮތް ވަނީ ނުވެފައެވެ.

ރެނާޓަސްގައި ދިރިއުޅޭ މީހުންނަށް މިހާރުވަނީ އިތުރުކަންބޮޑުވުމަކާވެސް ކުރިމަތިލާންޖެހިފައެވެ. އިމާރާތުގައި ދިރިއުޅޭ މީހުންގެ ވެހިކަލްތައް ޕާކްކުރުމަށް ގަރާޖެއް ހުއްޓަސް އެގަރާޖުގައި އެންމެންގެ ކާރު ޕާކުކުރެވޭވަރުގެ ޖާގައެއް ނުހުރެއެވެ. އެހެންވެ ކުރިން ބައެއް މީހުން ޕާކުކުރަމުން ދިޔައީ އިމާރާތުގެ ކުރިމަތީ މަގުގައެވެ. އެކަމަކު މިހާރު އެމަގުގައި ގިނައީ ޑްރައިވިން ސްކޫލްތަކުގެ ވެހިކަލެވެ. އެހެންވެ އިމާރާތުގައި ދިރިއުޅޭ މީހުންގެ ވެހިކަލް ޕާކްކުރުމަށް ޖާގަ ނެތުމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Ink 02ފެބްރުއަރީ2022

It is the right of an individual to decide where he or she will live. Hulhumale is one of the most populated island’s. If you go to a restaurant, pay for the food you bought and but half way into your meal the waiter comes and takes it away then maybe you will understand. The difference here is the value of the thing you paid for is far higher than a simple order. 1 1

Ink 02ފެބްރުއަރީ2022

People who do not understand basic rules of trade need to educate themselves. If I sell you a product with the guarantee that you will have features included as part of it and the price offered was inclusive of those then the transfer of ownership takes place of the product inclusive of those features. Once the transfer of ownership changes the seller no longer owns those rights, therefore cannot make any decision regarding them. 1 1

Ink 02ފެބްރުއަރީ2022

The value of the appartment sold was inclusive of the view associated with it. Therefore the trade between the seller and buyer was not only for the appartment but also for the view. HDC does not have the right to authorize anything that violates the rights of another party to a property HDC no longer owns. 2

Ziyaa 02ފެބްރުއަރީ2022

Keekuran tho ehaa bodu agu dheefaa gannanee. amilla rashugaa hurumun see View fennaane. Komme hen jeheytha amilla rah dhow koffaa mithanah ais ulhen .tharaggee ves koddheynee aabaadhee bodethi ratthakuga.falhurasheh tharaggee eh nukoddheyne evves sarukaarakun.. 3 1

Ekolhugey mohamed 01ފެބްރުއަރީ2022

Car garage libeyne kamah buni ekamaku garage ves 250000/00 mrf vikkee fahun 2

Moosa 01ފެބްރުއަރީ2022

Maabodah thanavass ve faisaa ginaveemaa beynunvaane kankan thihuree. Thibunaa thanun apart gan iruvess egeyne dhoa ithuru imaaraah alhaane kanvess. 1

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —