Advertisement
header ad
XeeTimesXeeTimes
ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރައްވާ ޚާއްސަ ވަގުތު ދީން

ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރައްވާ ޚާއްސަ ވަގުތު

ހުކުރު ދުވަހަކީ، އެދުވަހެއްގައި ދުޢާ އިޖާބަކުރައްވާ ޚާއްސަ ވަގުތެއްވާ ދުވަހެކެވެ. އެވަގުތަކީ، ހުކުރު ދުވަހުގެ ޢަސްރު ނަމާދަށްފަހު އިރު އޮއްސުމާ ދެމެދުގައިވާ ވަގުތުކޮޅެއް ކަމުގައި އައިސްފައިވެއެވެ. ނުވަތަ އެއީ އިމާމާ މިންބަރުގައި އިށީނީއްސުރެ ހުކުރު ނަމާދުކޮށް އަވަދިވެއްޖައުމަށް ދާންދެން އެވާ ވަގުތު ކަމުގައިވެސް ރިވާވެގެން ވެއެވެ. އަދި އެވަގުތަކީ ހުކުރު ދުވަހުގެ އެންމެ ފަހުވަގުތު ކަމުގައިވެސް އައިސްފައިވެއެވެ.

ހުކުރު ދުވަހު މާތް ﷲ މިންވަރު ކުރައްވާފައިވާ މިމަތިވެރި ވަގުތުތަކުގައި، އެކިއެކި ބޭނުންތައް ޖެހިފައިވާ ފަރާތްތަކުން، މިފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދުޢާ ކުރުން އިތުރުކުރުމަށް ހުކުރު ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ދުނިޔަވީ މަސައްކަތުން ދުރުވެ ހުކުރަށް ދިއުމަށް އަވަސްވެގަންނަ މީހަކީ، ބޮޑުވެގެންވާ ނަޞީބުވެރިއެކެވެ.

Article - in content
Advertisement

ހުކުރު ނަމާދަށް ވީހާ ކުރިން މިސްކިތަށް ދިއުމަށާއި، ފުރަތަމަ ސަފު ހޯދުމަށް އަވަސްވެގަންނާށެވެ. އަދި މިސްކިތުގައި ސުންނަތް ނަމާދުކޮށް ޒިކުރު ކުރާށެވެ. އަދި ހުކުރު ދުވަހުގެ ޚުތުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ ހުކުރަށް ޙާޟިރުވި މީހުން ކަމުގައި ލިޔުއްވުމަށް މާތް ﷲ ޚާއްސަކުރައްވާފައިވާ މަލާއިކަތުންގެ ފަތްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫނެވެ. ނަމަވެސް އެފަދަ މީހުންގެ ހުކުރު ނަމާދު ސައްޙަވާނެއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމް ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މީސްތަކުން ހުކުރު ނަމާދު އަޅައިފުމުން ރައްކައުތެރިވާ ހުށިކަމެވެ. ނޫންނަމަ ﷲ ތަޢާލާ އެއުރެންގެ ހިތްތަކުގައި ސިއްކަ ޖައްސަވައިފާހުއްޓެވެ. ދެން ހަމަކަށަވަރުން އެއުރެންނީ ޣާފިލުންގެ ތެރެއިންވާ ބަޔަކު ކަމުގައި ވެދާހުއްޓެވެ".

ހުކުރު ދުވަހު ކުރެވޭ ހުކުރު ނަމާދަކީ ހަފްތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެކެވެ. ފަރުޟު ފަސްނަމާދު، އެއް ނަމާދުން އަނެއް ނަމާދަށް، އަދި ހުކުރު (ނަމާދު) އެއް ހުކުރުން އަނެއް ހުކުރަށް، އަދި ރަމަޟާން މަހުގެ ރޯދަ އެއް އަހަރުން އަނެއް އަހަރަށް (އެއީ) އެ ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. އެއީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަކަމުގައި ވާނަމައެވެ.

އިންސާނާއަކީ އަބަދާއި އަބަދު، ފާފައަށް ހުށަހެޅިފައިވާ މީހަކަށް ވީހިނދު، އެބައިމީހުންގެ ވެރި ރަސްކަލާނގެ ހަޟްރަތުން މިފަދަ ދީލަތި ފުރުސަތުތަކެއް ނުލިބޭނަމަ އިންސާނާ ވާނީ ބޮޑުވެގެންވާ ހަލާކެއްގެ ތެރޭގައެވެ.

މައުލޫމާތު: ހުކުރު ޚުތުބާ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —