އަޅުގަނޑުމެން ދިވެހިންނަކީ އިންސާނިއްޔަތުކަމާއި، ލޯތްބާއި އޯގާތެރިކަމުގެ ރީތި އާދަތަކެއްގައި ހިފަހައްޓައިގެން ދިރިއުޅުން ބިނާކުރަމުން އައި ނަމޫނާ ބައެކެވެ. ކޮންމެ ކަމަކަށް އެދިގެން ގޮވާލާފައިނަމަވެސް އަބަދުވެސް އެހީތެރިކަމެއްގެ އަތެއް ދިއްކޮށްލައެވެ. އެހެންނަމަވެސް، ހިތާމައަކީ މިރީތި އާދަތައް އުވިގެން ދާ މަންޒަރު ފެންނަމުންދާކަމެވެ.
ކާބަފައިންގެ ޒަމާނުއްސުރެ ދިރިއުޅެމުން އައި ގޮތް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ ގޮތަކަށެވެ. މިއީ ވަރަށް ހިތާމަކުރަން ޖެހޭ ހިތްދަތި ވާހަކަތަކެކެވެ. ޚާއްސަކޮށް އާއިލީ ގުޅުންތައް ނެތިގޮސް އުވިގެން ދިޔަ ވާހަކަ ތަކަކީ ވިސްނާ ފިކުރުކޮށްލަން ޖެހޭ ކަންކަމެވެ. މީގެ 25 އަހަރުގެ ކުރިއަށް ޖެހިލާނަމަ އޭރުގެ ދިރިއުޅުމުގައި އެންމެން އުޅެމުން އައީ އެއްގެއެއްގައި އެއް އާއިލާއެއްގެ ގޮތުގައެވެ. މުނިކާފައިން ފެށިގެން ގޮސް ދަރިންގެ ދަރިންނާ ހަމައަށް ވެސް ދިރިއުޅުނީ އެއްގެއެއްގައި އެއް ފުރާޅެއްގެ ދަށުގައެވެ. ކައިބޮއި އަދި ނިދާ ހަދަނީ އެއް ގެއެއްގައެވެ.
އޭރުގައި އެކަންކަމަކީ އެހާބޮޑު ކަމަކަށް ނުވި ނަމަވެސް މިހާރު މިޒަމާނަށް ބަލައިފިނަމަ ކޮންމެ އާއިލާއެއް އުޅުމަށްޓަކައި ވަކިން ގެއެއް ބޭނުންވެއެވެ. އެއްގޭތެރޭގައި ވަކި ބަދިގެ ހަދައިގެން ވަކިން ކައްކާ އާއިލާތައްވެސް މަދެއްނޫނެވެ. ޒަމާން ބަދަލުވަމުން އައިވަރަކަށް އެކަކު އަނެކެއްގެ މައްޗަށް އޮތް ލޯބިވެސް އެތައް ގުނައަކަށް ކުޑަވެގެނެ ހިގައްޖެއެވެ. މިކަންކަމަކީ އަޅުގަނޑުމެންގެ ތެރެއިން އުވިގެންދާ އާދަ ތަކެކެވެ. ކުރީ ޒަމާނުގައި ޖެހިގެން ހުރި ގޭގެ ތެލީގެ ފޫކަހާލާ އަޑުއިވޭނަމަ ޖެހިގެން ހުރި ގެއިން ކާއެއްޗެހި ގެނެގޮސްދޭ ވާހަކައަކީ ވަރަށް ގިނައިން އަޅުގަނޑުމެންނަށް އިވިގެން ގޮސްފައިވާ ވާހަކައެކެވެ. އެކަމުންވެސް ދޭހަކޮށްދެނީ އެކަކު އަނެކެއްގެ މައްޗަށް އޮތް ލޯތްބާއި އޯގާތެރިކަމެވެ.
އެހެން ނަމަވެސް މިހާރު ކާއެއްޗެތި އިސްރާފުކޮށް އުކާލަން ޖެހުނު ކަމުގައިވިޔަސް އަވައްޓެރިންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުން ވަރަށް މަދެވެ. ޖެހިގެން ހުންނަ އަވައްޓެރި މީހާއަކީ ކާކުކަން ވެސް ނޭނގި އެތައް އަހަރެއް ވޭތުވެގެންދެއެވެ. އާއިލާގެ ތެރޭގައި އޮންނަ ލޯބިވެސް އުވިގެން ގޮސް ހަތުރުންނަށް ބަދަލުވެގެންދާ މަންޒަރު މަދުންނަމަވެސް މިމުޖުތަމައުން ފެނިގެން އެބަދެއެވެ. މީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ. އެއް އާއިލާއެއް އެއް ރަށެއްގައި ދިރިއުޅެމުންދާއިރު އެކަކު އަނެކަކު ދިމާނުވެ މަހެއްހާ ދުވަސްވެސް ފާއިތުވެގެން ދެއެވެ. އެކުގައި ކުޅިވަރެއް ކުޅެ މަޖާކޮށްލުންވެސް މަދުވެގެން ހިގައްޖެއެވެ. އީދެއް އައިސްފިނަމަ އެންމެން އެއްކޮށް ކައްކާލާ އެއްމޭޒެއްގައި ކާލުމުގެ އާދައަކީ ވެސް މަޑުމަޑުން އުވިގެންދާ އާދައަކަށް ވެއްޖެއެވެ. އާއިލީ ލޯބިވެސް މިވަނީ ވަރަށް ބޮޑަށް ބަދަލުވެގެން އައިސްފައެވެ. މިކަން ކަމަކީ އުވިގެން ގޮސް ގެއްލުމުގެ ކުރިން ވިސްނާ ފިކުރުކޮށްލަން ޖެހޭ ކަންކަމެވެ. މިކަމުގެ ސަބަބުން އަންނަން އޮތް ޖީލަށް މިދަސްކޮށްދެވެނީ އެންމެ ރީތި އާދައެއް ނޫނެވެ.
އާއިލާ އެކުގައި އެއްގެއެއްގައި ދިރިއުޅޭނަމަ ލިބިގެންދާނެ ފައިދާތައް:
- އެންމެން އެކުގައި އެއްގެއެއްގައި އުޅޭނަމަ ޚަރަދުތައް އެތައް ގުނައަކަށް ކުޑަވެގެންދެއެވެ. އަދި މިގޮތުން ފައިސާ ރައްކާކޮށް އަމިއްލަ ގެއެއް ގަނެ ނުވަތަ އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ފުރުސަތު އަވަސްވެގެން ދެއެވެ.
- މާމަ ނުވަތަ ކާފަމެންގެ ފަރާތުން ދަސްވާން ޖެހޭ އެތައް ރީތި އާދައެއް ދަސްވުމުގެ ފުރުސަތު ދަރިންނަށް ލިބިގެން ގޮސް، އާއިލީ ލޯތްބާއި އެކަކު އަނެކަކަށް އަޅާލެވޭ މިންވަރު އިތުރުވެގެނެ ދެއެވެ.
- އުމުރުން ދުވަސްވީ މައިންބަފައިންނަށް މާމަ ނުވަތަ ކާފަ ދަރިންގެ ފަރާތުން ފެންނަ މަޖާ ކަންތައްތަކާއި އެކުދިންގެ ފަރާތުން ފެންނަ އުފާވެރިކަން ލިބުމުން ނަފްސާނީ ބަލިތަކަށް ދިއުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ.
- އެއްގެއެއްގައި ދިރިއުޅޭނަމަ އެކަކު އަނެކަކު ބައްޔެއް ވެއްޖެނަމަ އެހީތެރިވުމަށް ފަސޭހަވެގެން ދެއެވެ. އަދި ތިމާގެ މަންމަ އަދި ބައްޕައާއި އެކުގައި އެއްގެއެއްގައި އުޅޭނަމަ، އެމީހުންނަށް ދޭންވާ ލޯތްބާއި އަޅާލުން އެންމެ ފުރިހަމައަށް ދެވެއެވެ.
- އެކަކަށް ހިތާމައެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ އުފަލެއް ކުރިމަތިވެއްޖެ ނަމަ އެކަމެއްގައި އެންމެން އެކުގައި ބައިވެރިވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އަދި ހުސްވަގުތުތަކުގައި އެކަނިވެރި ވުމުގެ ބަދަލުގައި އެންމެން އެކުގައި އުޅެވި އެކަނިވެރިކަން ފިލައި ދިއުމަށްވެސް މަގުފައިވެގެން ދެއެވެ.











Kan vanee thiheneh noon, gina faharah ekaku ekani mulhi badhigeyge kanthah thah kuran jehey geyge. Eba huri, enme gina mahsala jehey kanthah aee badhige /ge saaf nukurun. Abadhu ekaku koh dhen thibey meehun princess hedhifa thibeythy mahsala jeheyny. Baeh meehun anhen dharin bodethi kohfa thibeny athun fain kameh nukoh firihen dhari geyah genna anhenun noakarukan kuran jehey gotha. 2
Hurihaa family same eh nuvaane Baeh family in suport libeyiru aneh bai family thakuge therey thafaathukurumaa dherakohlumuge bai inthihaa ah ovey Baeh faharu vaki life akah dhani family aaeku ulhen beynun nuvaathyeh nun Dharinge musthagubalah enoon gotheh nethyma 1
Thihen eh geyga enmen ulhuneema ekamuge naajaaizu faidhaa baeh meehun nagaathee eyru kudakoh thibi mihaaruge mainbafain beynumeh nuvey enmen ekkoh ulheykah……… Mihaaru meehunge visnun badhaluvejje. Thiya bunaa aailee gulhumah vure dharinge rakkaatherikan maa muhimmukan visnijje. Mi comment nuves jahaane kanneyge. 2 1