June 8, 2026 23:10
Advertisement

-Advertisement-

ކާމް ރޫމެއް ހުޅުވުން މިއީ ވީއައިއޭގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް - އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން "ބޮލި" އިނިޝިއޭޓިވްގެ ދަށުން "ކާމް ރޫމް" އެއް އެމްއޭސީއެލްއިން ހުޅުވީ އިއްޔެގެ ވަގުތެއްގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 1 ގައި ބޭއްވި ރަސްމިއްޔާތުގައި މި ކާމް ރޫމް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މިއީ ވީއައިއޭ މެދުވެރިކޮށް ދަތުރުކުރާ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް، އެމީހުންގެ ދަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، އަޅާލުމާއި އިހުތިރާމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއްކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެއާޕޯޓުގެ ޓާމިނަލް 1 ގައި ގާއިމްކުރި މި ކާމް ރޫމް ހުޅުވައިދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ވީއައިއޭ އަކީ ކޮންމެ ފަސިންޖަރަކަށް ވެސް ހަމަހަމަކަމާއެކު އިތުބާރު ހުރި ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަކީ ކުންފުނީގެ އަމާޒެއް ކަމަށެވެ.

ކާމް ރޫމް ޤާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މުވައްޒަފުން ތަމްރީނުކުރުމުގައި އޯޓިޒަމް ކެއާ މޯލްޑިވްސްއާއި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވެދެއްވި އެހީތެރިކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Advertisement

އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މި ޚިދުމަތް ވީއައިއޭގެ ޓާމިނަލް 2 އާއި ސީޕްލޭން ޓާމިނަލަށްވެސް ފުޅާކުރުމެވެ. މިއީ އެއްވެސް ފަސިންޖަރަކު ބާކީނުކޮށް، އެންމެންނަށް އަޅާލާ މާހައުލެއް ގާއިމުކުރުމަށް ކުންފުނިން ކުރާ މަސައްކަތް ހާމަކޮށްދޭ، މުހިންމު މަސައްކަތެއްކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް