Advertisement
header ad
XeeTimesXeeTimes
ދިވެހީންގެ ސަގާފީ ކުޑަކުދިންގެ ވާހަކަތަކުގައި މާކަނާ ސިފަކޮށްފައިވަނީ މަކަރުވެރި ގޮތްދޫނުކުރާ  ކެރެކްޓާއެއްގެ ގޮތުގައި ތާރީޚް

ދިވެހީންގެ ސަގާފީ ކުޑަކުދިންގެ ވާހަކަތަކުގައި މާކަނާ ސިފަކޮށްފައިވަނީ މަކަރުވެރި ގޮތްދޫނުކުރާ ކެރެކްޓާއެއްގެ ގޮތުގައި

މާކަނާ އަކީ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ފެންނަ ދޫންޏެކެވެ. މިދޫނި އާންމުކޮށް އުޅެނީ ރަށްތަކުގެ ގޮނޑުދޮށްތަކާއި ކުޅިއާއި ޗަސްބިންފަދަ ތަންތަނުގައެވެ. މާކަނާ އެންމެ ބޮޑުވާކަމަށް ވަނީ 3 ފޫޓް 2 އިންޗިއަށެވެ. މި ދޫނީގެ ފިޔަގަނޑު ހުޅުވާލުމުން ދިގުމިނުގައި 6 ފޫޓް 6 އިންޗި ހުންނަ ކަމަށްވެއެވެ. އަދި ބަރުދަނުގައި 2.1 – 2.5 ކިލޯގްރާމް ހުރެއެވެ. މަތީބައި އަޅިކުލަ އަދި ބަނޑުދައްފަރާތުގައި ހުދުކުލަ ހުންނަ މާކަނާއަކީ ދިގު ކަރެއް ހުންނަ ތުންގަނޑުގައި ރީނދޫ ނުވަތަ އޮރެންޖު ކުލަ ހުންނަ ފައިދިގު ދޫންޏެކެވެ. މި ދޫނި އާންމުކޮށް ބިސްއަޅަން ހާލި ހަދަނީ އުސްކޮށް ހުންނަ ގަސްތަކުގައެވެ. ހާލި ހެދުމަށް ފިރިހެން ދޫނި ގޮފިކޮޅުފަދަ ތަކެތި ގެނައުމުން އަންހެންދޫނި ހާލިހަދައެވެ. މި ދޫނި އާންމުގޮތެއްގައި ބިސް އަޅައި އުޅެނީ އަހަރަކު 2-5 ފަހަރު ކަމަށްވެއެވެ. މާކަނާ އަކީ މޫދުގައި ނުވަތަ ފެންގަނޑުގައި ވަރަށް ފަރުވާތެރިކަމާއެކު ހުރެ ކުއްލި ހަރަކާތަކުން ހަމަލާދީ ޝިކާރަކޮށްގެން ކައި އުޅޭ ދޫންޏެކެވެ. އާންމުކޮށް ކައި އުޅޭނީ މަސްމަހާމެއްސެވެ.

ދިވެހީންގެ ސަގާފީ ކުޑަކުދިންގެ ވާހަކަތަކުގައި މާކަނާ އަކީ ވަރަށް މަޝްހޫރު ކެރެކްޓަރ އެކެވެ. އަދި މާކަނާ ސިފަކޮށްފައިވަނީ މަކަރުވެރި، ގޮތްދޫނުކުރާ ބޮޑާ އެއްޗެއްގެ ގޮތަށެވެ. މި ދޫންޏަކީ ދިވެހިރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދޫނިތަކުގެ ތެރޭގައި ހިމެނޭ ދޫންޏެކެވެ.

މަސްދަރު: އައްޑުބަން

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —