ބޭންކް އޮފް މޯލްޑިވްސްއިން އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ކޮންމެއަހަރަކުވެސް ހިންގަމުން އަންނަ އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ(އައިސީޓީ) ޕްރޮގްރާމް ކާމިޔާބުކަމާއެކު ށ. ފުނަދޫ އަދި މިލަންދޫ ސްކޫލްގައި ކުރިއަށްގެންގޮސްފިއެވެ.

ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޜަންގެ 10 އަންހެން މުވައްޒަފުންގެ ޓީމަކުން ވަނީ ށ. ފުނަދޫ ސްކޫލް އަދި އެ އަތޮޅު މިލަންދޫ ސްކޫލްގެ ގްރޭޑް 7 އިން 10އާ ދެމެދުގެ އަންހެންދަރިވަރުންނަށް ހާއްސަކޮށްގެން ސެޝަންތަކެއް ބާއްވާފައެވެ.

މި ޕްރޮގްރާމްގައިދަރިވަރުންނަށް އައިސީޓީ ތައާރަފްކޮށްދީ، ޓެކްނޮލޮޖީ ދާއިރާގައި ހުރި ވަޒީފާގެފުރުސަތުތަކާ ބެހޭގޮތުންވެސް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.
މި ހަރަކާތަކީ އިންޓަނޭޝަނަލް ގަރލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމުގެ ގޮތުން،ޓެކްނޮލޮޖީ ދާއިރާއިން ތައުލީމާއި ވަޒީފާގެ ފުރުސަތުތަކަށް އަންހެން ކުދިންޝައުޤުވެރިކުރުވުމުގެ މަގުސަދުގައި ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާހަރަކާތެކެވެ. މިއީ މި ޕްރޮގްރާމް ޖެހިޖެހިގެން ބާއްވާ ހަތަރުވަނަ އަހަރެވެ.









