ރާއްޖޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރިއަށްއޮތް 3 ދުވަހަށް ބޮޑުވާނެކަމަށް ލަފާކުރެވޭތީ ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ޚާއްސަކޮށް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރާވަރު ބޮޑުވާނެއެވެ. މިދުވަސްވަރު މާލެ ސަރަހައްދުވެސް ފެންނަނީ ވަރަށް ބޮޑަށް ނުސާފުކޮށެވެ.
ސަމާލުވާންވީ ކަންތައް
ވައި ނުސާފު ވަގުތުތަކުގައި ބޭރުގެ ނުސާފު ވައި ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުންފަދަ ކަންްތައް މަޑުޖައްސާލުން
ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި ރަނގަޅު ފެންވަރުގެ މާސްކުއެޅުން
އެއަރ ޕިއުރިފައިއަރ ބޭނުންކުރުން
ރަތް ސަމާލު:
ރަތް ސަމާލުގެ ވަގުތުތަކުގައި ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށްވެސް ބޮޑު
އޮރެންޖު ސަމާލު:
ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު
ރީނދޫ ސަމާލު:
ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު، ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވުން
ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ ލިންކް އިން Maldives Air Quality Index (AQI) and Air Pollution information | IQAir USA ނުވަތަ IQAir Visual އެޕް އަޅައިގެން ބެލުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.









