މާލެ އާއި ހުޅުމާލޭގައި ވެސް ކަސްރަތު ހެދުން ވިއްކާ ފިހާރަތައް އެބަހުއްޓެވެ. އެކަމަކު ބުރުގާއަޅާ އަންހެނުން ބޭނުންވާ ގޮތަށް ފަރުމާކޮށްފައި ހުންނަ ކަސްރަތު ހެދުމުގެ ސައިޒު ހޯދުމަކީ ވަރަށް އުދަގޫ ކަމެކެވެ. ހުޅުމާލޭގައި ހުންނަ 'ލެގަސީ ފިޓްނެސް' އާއިލާގެ މައުސޫމާ މުހައްމަދު (މައުސް)ގެ ހިތުގައިވެސް ކަސްރަތަށް ޚާއްސަ ލޯތްބެއް އޮވެއެވެ.

އިރްތް މިއީ ކޮން ފިހާރައެއް؟
އިރްތް ފިހާރައަކީ ކަސްރަތުގެ އާއިލާއަކުން އުފަންވި ބްރޭންޑެކެވެ. ހުޅުމާލޭގެ ކެލާ މަގުގައި (ލޮޓް ނަންބަރު 11088) ހުންނަ އިރްތް ފިހާރަ ހުޅުވީ މިދިޔަ ޖުލައިމަހުގެ 28 ވަނަ ދުވަހުގައެވެ.

" މިއީ މައުސްގެ އަމިއްލަ ބްރޭންޑެއް. ކަސްރަތު ކުރުމަށް ބޭނުންވާ ދިވެހީންނާއި ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ކަސްރަތު ހެދުން މި ފިހާރައިން ލިބޭނެ".
ރަން ރީނދޫކުލައިން ޑިޒައިން ކޮށްފައިވާ މި ރީތި ފިހާރައިގައި ތަފާތު އުމުރުފުރާގެ އަންހެނުންނާއި ފިރިހެނުން ބޭނުންވާ ކަހަލަ ކަސްރަތު ހެދުން ލިބެން އެބަހުއްޓެވެ. މީގެ ތެރޭގައި ބުރުގާ އަޅާ އަންހެނުންނަށް ޚާއްސަ ހެދުންވެސް ހިމެނެއެވެ. އަދި އެކި ސައިޒުތަކުގެ ދަބަސްވެސް މި ފިހާރައިން ލިބެން އެބަހުއްޓެވެ.

އިރްތް ފިހާރަ ހުޅުވުމުގެ ކުރިން މައުސްގެ ދެމަފިރިން ވަނީ ޗައިނާ އަށް ގޮސް 'އިރްތް' ބްރޭންޑު އެ އާއިލާއިން ބޭނުންވާ ގޮތަށް ޑިޒައިން ކުރުމަށް ފެކްޓަރީގެ އިސްވެރިންނާއި ބައްދަލުކޮށް ގިނަ ދުވަސްތަކެއް ޗައިނާގައި ހޭދަކޮށްފައެވެ.

" ބޭނުމަކީ ދިވެހީން ބޭނުންވާ ގޮތަށް ބްރޭންޑެއް ތައްޔާރުކުރުން. އަދި އެކި އުމުރުގެ މީހުން ބޭނުންވާ ވައްތަރުގެ ކަސްރަތު ހެދުން ލިބޭނެ ގޮތެއް ހެދުން".
އިރްތް ފިހާރައިގެ އުންމީދަކީ ކުރިއަށްއޮތްތަނުގައިވެސް ޑިމާންޑާއި އެއްގޮތަށް ދިވެހީންނަށް ޚާއްސަ ކަސްރަތު ހެދުންތައް ލިބޭނެގޮތަކަށް މި ވިޔަފާރި ކުރިއަށްގެންދިއުމެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 9461300 މި ނަންބަރަށެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް އިރްތް ވެބްސައިޓް www.irthmc.com









