Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ޖަމްޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުން ފޮޓޯ

ފޮޓޯ: ޖަމްޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުން

ޖަމްްޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޝަރަފުވެރި ކޮށްދެއްވައިފައެވެ. މި ރަސްމިއްޔާތު އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ ހޮނިހިރު ދުވަހުގެ ރޭގަނޑު އެވެ. މި ރަސްމިއްޔާތުގައި، ޖަމްްޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލާ އެމަނިކުފާނަށް ވަނީ އަރުވާފައެވެ. އަދި މުޅި މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް ރައީސް ވަނީ އިނާމް ހަވާލުކޮށްދެއްވާފައެވެ. ޖަމުޢިއްޔަތުލް ފަލާޙަކީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމާއި، ތަޢުލީމު އުނގަންނައިދިނުމުގެ ފަޚުރުވެރި ތާރީޚެއް އޮންނަ ޖަމްޢިއްޔާއެކެވެ. ފަލާޙް ޕްރީސްކޫލާއި ފަލާޙް ޤުރުއާން ކުލާސްވެސް ހިންގާ މި ޖަމްޢިއްޔާއިން ހިންގާ ޤުރުއާން މުބާރާތަކީ ދިވެހިރާއްޖޭގައި، މެދުކެނޑުމެއް ނެތި ބާއްވަމުންއަންނަ އެންމެ ގިނަދުވަސްވީ ޤުރުއާން މުބާރާތެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —