Advertisement
header ad
XeeTimesXeeTimes
ފޮޓޯ: 3000 ބައިވެރިންނާއެކު އުރީދޫ ފަން ރަން އިން އައްޑޫ ސިޓީއަށް އައީ އުފާވެރި ޢީދެއް ފޮޓޯ

ފޮޓޯ: 3000 ބައިވެރިންނާއެކު އުރީދޫ ފަން ރަން އިން އައްޑޫ ސިޓީއަށް އައީ އުފާވެރި ޢީދެއް

އުރީދޫ މޯލްޑިވްސްއިން އައްޑޫސިޓީގައި ކުރިއަށްގެންދިޔަ އުރީދޫ ފަން ރަން ހުކުރު ދުވަހު ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ރާއްޖޭގެ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ. މި ދުވުން ކުރިއަށް ދިޔައީ އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ. ފެށުނީއްސުރެ ނިމެންދެން ކޮންމެ ކިލޯމީޓަރެއްގައި ބަހައްޓާފައި ހުރި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކުން ބައިވެރިންނަށް މި ރަން އިތުރަށް ފަޅުފިލައިގެން ދިޔައެވެ. ފަން ރަން ނިންމި ކޮންމެ ދުވުންތެރިޔަކަށް ވެސް އައްޑޫ ސިޓީގައި ބޭއްވުނު މި ފަންރަން އަށް ހާޢްސަކޮށް ތައްޔާރުކުރެވިފައިވާ މެޑަލް އެއް ލިބިގެންދިޔައެވެ. ފަޚުރުވެރިކަމާއެކު އައްޑޫ ސިޓީއަށް ހާއްސަ ދޫންޏެއް ކަމަށްވާ "ދޮން ދީނީ" ވަނީ މި މެޑަލްގައި ހިމަނައިފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —