Advertisement
header ad
XeeTimesXeeTimes
ސްޓެލްކޯގެ ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމްގެ 7 ވަނަ ބެޗް ފެށުން ފޮޓޯ

ސްޓެލްކޯގެ ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމްގެ 7 ވަނަ ބެޗް ފެށުން

ސްޓެލްކޯގެ 51 މުވައްޒަފުން ބައިވެރިކޮށްގެން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމްގެ 7 ވަނަ ބެޗް ވަނީ ފަށައިފައެވެ. މި ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ މި ތަމްރިން ޕްރޮގްރާމަކީ ޓީމް ބާރުވެރި ކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ސްޓެލްކޯއާއި މުވައްޒަފުންނަށް ފައިދާކުރާ ކާމިޔާބު މުސްތަގުބަލަކަށް މަގުފަހިވެގެންދާނެ ޕްރޮގްރާމެއް ކަމަށްވެސް ފަހުމީ ފާހަގަކުރެއްވިއެވެ. ގިރިފުށީގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އެމްއެންޑީއެފްގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެ ކުރިން ބޭއްވި ޕްރޮގްރާމްތަކުގައި 368 މުވައްޒަފުން ތަމްރީން ކޮށްފައިވާއިރު އުންމީދަކީ ކުރިއަށް އޮތް 1 އަހަރު ދުވަސްތެރޭ ހުރިހާ މުވައްޒަފުންނަށް މި ފުރުސަތު ހޯދައިދިނުމެވެ. ކުންފުނި ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ލެވެލްއެއްގެ މުވައްޒަފުންގެ ވެސް ވަރުގަދަ ލީޑަރޝިޕް ހުނަރު ހުރުން ވަރަށް މުހިންމުކަމަށްވެސް ފަހުމީ ވަނީ ޓްވިޓަރ ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —