Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ފޮޓޯ

ފޮޓޯ: ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު

ތިރީހާ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ބޭއްވި ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ. މި ރަސްމިއްޔާތު ބޭއްވީ ރޭގެ ވަގުތެއްގައި އިސްލާމިކް ޔުނިވަރސިޓީ ހޯލުގައެވެ. ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ހިތުން ކިޔެވުމުގެ ގޮފީގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނާއި އަދި މުޅި މުބާރާތު އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތަކީ ތިރީހާ އިންސްޓިޓިއުޓްގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި 1500 ދަރިވަރުން ވާދަކޮށްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —