April 28, 2024 14:02
Advertisement

-Advertisement-

އުންމީދާއި ގުޅިފައިވާ އެއަރ އެމްބިއުލާންސް މިއީ ސަލާމަތީގޮތުން ރައްކާތެރި ބޯޓެއް- އައިލެންޑް އޭވިއޭޝަން

އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ މަތިންދާބޯޓަކީ ސަލާމަތީގޮތުން ރައްކާތެރި ބޯޓެއް ކަމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އިން ވަނީ ބުނެފައެވެ. އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ބަދަލުތަކެއް ގެނައުމުގެ ކުރިން މި ބޯޓަކީ އެ ކުންފުނީގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓްކުރުމަށް ބޭނުންކުރަމުން ދިޔަ ބޯޓެކެވެ.

" އެއަރ އެމްބިއުލާންސްގެ ގޮތުގައި މި ބޯޓް ތައްޔާރުކޮށްފައި ވަނީ އެމަޖެންސީ ފަރުވާ އޭގައި ދެވޭ ގޮތަށް މެޑިކަލް އިކުއިޕްމަންޓްތައް ހަރުކޮށްގެން. މި ކުންފުނިން މަތިންދާބޯޓު ދުއްވުމުގައި އަބަދުވެސް އިސްކަންދޭނީ ކުރޫއިންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްކަން ޔަގީންކޮށް އަރުވަން". އެއަރ އެމްބިއުލާންސް އަކީ ކުރީގެ ބޯޓެއްކަމަށް ބުނެ ބައެއް މީހުން ފާޑުކިޔަމުންދަނިކޮށް އައިލެންޑް އޭވިއޭޝަނުން ނެރުނު ކުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފެށުމާއެކު މި ބޯޓު މެދުވެރިކޮށް އެކި ސަރަހައްދުތަކުން ޚިދުމަތްދެވޭނެކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. ކުއްލި ހާލަތުގައި ބޭނުންކުރާ އާލާތްތައް ކަމުގައިވާ އޮކްސިޖަންއާއި ވެންޓިލޭޓަރާއި، ތަފާތު އިންޖެކްޝަން ފަދަ ތަކެތި ލިބޭނެ ގޮތަށް މި ބޯޓު ވަނީ ތައްޔާރު ކޮށްފައެވެ.

Advertisement

ރާއްޖޭގެ ރަށްރަށުން މާލެ އަށް ބަލިމީހުން ގެނައުމުގެ އިތުރަށް އެއަރ އެމްބިއުލާންސް ސްރީލަންކާއަށް ވެސް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރިއަށްއޮތްތާގައި އިތުރު ޤައުމުތަކުން ހުއްދަ ހޯދުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ. މި ޚިދުމަތް ފަށާއިރު އެއްފަހަރާ 2 ބަލި މީހުން އުފުލޭނެ ކަމަށާއި، މިކަމަށް ޚާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައި ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ޚަލީލު ވަނީ ވިދާޅުވެފައެވެ.

ރެކްރޫޓްކޮށްފައި ވަނީ ސީދާ އެއަރ އެމްބިއުލާންސަށް ޚާއްސަކޮށްގެން 5 ނަރުހުންނާއި 5 ޑޮކްޓަރުންނާއި 5 ޓެކްނީޝަނުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ސިއްހީ ކުއްލި އެހީ ބޭނުންވާ ހާލަތްތަކުގައި އިތުރު ބަޔަކަށް ބަރޯސާނުވެ އަވަސް ޚިދުމަތް ދިނުމުގެ ގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެއްޓެވުމުން ގިނަބަޔަކަށް ލުއިފަސޭހަތައް ލިބިގެންދާނެއެވެ. މިގޮތުން ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށް އާންމުކޮށް މިދުއްވާ މަތިންދާބޯޓުތަކުން ޖާގަ ހޯދުމަށް ދަތިވެ ގިނައިރު މަޑުކުރަންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެއެވެ.

+1
0
+1
1
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް