May 11, 2024 17:43
Advertisement

-Advertisement-

ހެލްތް އެންޑް ވެލްނެސް އެކްސްޕޯ 2024

ދިވެހިރާއްޖޭގައި ބާއްވާ ހެލްތް އެގްޒިބިޝަން "ހެލްތް އެންޑް ވެލްނެސް އެކްސްޕޯ 2024" އަންނަ އޭޕްރީލް މަހު 18، 19، 20 މިތިން ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި މި އެގްޒިބިޝަން ބާއްވަނީ މައު ހޯލްޑިންގ، އެމްވީ މެޑިކަލްސް އަދި ސޯލްޓް ވޯޓާ ގުޅިގެންނެވެ.

ހެލްތް އެންޑް ވެލްނެސް އެކްސްޕޯގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

"މި އެކްސްޕޯ ވެގެންދާނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް އެ ފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މައުލޫމާތު ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް" ހެލްތް އެންޑް ވެލްނެސް އެކްސްޕޯ އިންތިޒާމްކުރާ މައު ހޯލްޑިންގ އިން ވަނީ މައުލޫމާތުދީފައެވެ.

Advertisement

އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި އެކްސްޕޯއަށް ހިލޭ ވަދެވޭނެއެވެ.

ހެލްތް އެންޑް ވެލްނެސް އެކްސްޕޯގެ މަގުސަދުތައް:

  • ސިއްހީ ދާއިރާއިން ލިބެންހުރި ޚިދުމަތްތަކަށް މުޖުތަމައު ހޭލުންތެރިކުރުވުން
  • ސިއްހީ ރަނގަޅު އާދަތަކާއި އުސޫލުތައް މުޖުތަމައަށް އަންގައިދޭނެ ފަސޭހަގޮތްތަކެއް ހޯދައިދިނުން
  • ދިވެހިރާއްޖެ އާއި މި ސަރަހައްދުގައި ހިމެނޭ ގައުމުތަކުން ލިބެންހުރި ފެންވަރުރަނގަޅު ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ ގޮތްތަކަށް މުޖުތަމައު އަހުލުވެރިކުރުވުން
  • ސިއްހީ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތައް ފަސޭހަކަމާއިއެކު ދެނެގަތުމަށް އެހީތެރިވެދިނުން

ސިއްހީ ދާއިރާއާ ގުޅުންހުރި ކޮންމެ ޚިދުމަތެއް ދޭ ފަރާތަކަށްވެސް މި އެކްސްޕޯގައި ބައިވެރިވެވޭނެއެވެ. ޚާއްސަގޮތެއްގައި ތިރީގައިވާ ފަރާތްތައް ފާހަގަކޮށްލެވެއެވެ.

  • ހޮސްޕިޓަލްސް/ކްލިނިކްސް
  • މެޑިކަލް ލެބްސް
  • ފާމަސޫޓިކަލްސް/ ފާމަސީ
  • ބިއުޓީކެއަރ/ އޮޕްޓިކަލްސް
  • ފުޑް އެންޑް ނިޔުޓްރިޝަން
  • ހެލްތް އިންޝުއަރެންސް
  • މެޑިކަލް އިންފޮމޭޝަން ޓެކްނޮލޮޖީ
  • ޓްރެޑިޝަނަލް މެޑިސިން އަދި ސްޕާ
  • މެޑިކަލް ޓްއަރިޒަމް ފެސިލިޓޭޓަރސް
  • ފިޓްނަސް ސެންޓަރސް
  • އެއާލައިންސް
  • މެޑިކަލް ރިސާރޗް
  • އައިޓި ސޮލިއުޝަންސް އެންޑް އިންފްރާސްޓްރަކްޗަރ ކުންފުނިތައް
  • ދިވެހިބޭސް ފަރުވާދޭ ތަންތަން
  • ކްލަބް ޖަމްއިއްޔާތައް

ހެލްތް އެންޑް ވެލްނެސް އެކްސްޕޯ 2024 ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުމުން ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށްގެންދަންވީގޮތުގެ އިރުޝާދު ލިބޭނެއެވެ. އެކްސްޕޯ އާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 9743142 އަށެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް