Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގައި 4000 މީހުން މަރުވެ ހިތްދަތި މަންޒަރުތަކެއް ފޮޓޯ

ފޮޓޯ: ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގައި 4000 މީހުން މަރުވެ ހިތްދަތި މަންޒަރުތަކެއް

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އިއްޔެ އައި ބިންހެލުމުގައި 4000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައްހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

އަލްޖަޒީރާގައި ވާގޮތުން ތުރުކީން މަރުވެފައިވާ މީހުންގެ އަދަދު 2900 އަށް އަރައިފައިވާއިރު ސީރިއާއިން މަރުވި މީހުންގެ އަދަދު ވަނީ 1400 އަށްވުރެ މަތިވެފައެވެ. މިއީ ވޭތުވެދިޔަ 80 ވަރަކަށް އަހަރު ތެރޭގައި ތުރުކީ އަށް ކުރިމަތިވި މިފަދަ އެންމެ ބޮޑު ހާދިސާ އެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ފެންނަމުން ދަނީ ހިތްދަތި މަންޒަރެކެވެ. އާއިލާއާއި ގާތް މީހުން މަރުވުމުން އެކަމުގެ ހިތާމައިގައި ބައެއް މީހުން ރޯ މަންޒަރު ފެންނައިރު، އާއިލާގެ މީހުން ވީނުވީއެއް ނޭނގި އިމާރާތްތަކުގެ ދަށުގައި ވެފައިވާ ކަމަށް ބެލެވި ހާސްވެގެން އުޅޭ މަންޒަރު ވަނީ ފެނިފައެވެ.

Article - in content
Advertisement

ސޯޅަހާސް މީހުން ޒަހަމްވެފައިވާ ކަމަށް ބެލެވޭއިރު މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

ޝަހީދުވި މުސްލިމުންގެ ފުރާނައަށް ރަހްމަތްލައްވައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން

ފޮޓޯ: އަލްޖަޒީރާ، އެންބީސީނިވްސް، އަރަބްނިވްސް،

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —