Advertisement
header ad
XeeTimesXeeTimes
ފޮޓޯ: މާލެ ނީލަން ފިހާރަ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ފޮޓޯ

ފޮޓޯ: މާލެ ނީލަން ފިހާރަ ސަރަހައްދުގައި ރޯވި އަލިފާންގަނޑު

މާލެ ނީލަން ފިހާރަ ސަރަހައްދުގަ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ފުލުހުންނަށް މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 5:49 ގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި ސަރަހައްދުން ވަނީ ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައެވެ. ނީލަން ފިހާރައިގެ އުތުރުން (އިމާދުއްދީން ސްކޫލްއާއި ދިމާ) ފެތުރެމުންދިޔަ އަލިފާންގަނޑު ވަނީ ކޮންޓްރޯލްވެފަ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފަ އެވެ. ނީލަން ފިހާރަ ސަރަހައްދުގައި ހުރި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މިވަގުތު މުވައްޒަފުން ތިބީ އިމާދުއްދީން ސްކޫލުގައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީ ދަނީ އަލިފާން ނިއްވުމަށް ބޭނުންކުރަމުންނެވެ. 

ފޮޓޯ: އެމްއެންޑީއެފް / ޒީޓައިމްސް / މާލެ ސިޓީ ކައުންސިލް

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —