Advertisement
header ad
XeeTimesXeeTimes
ވީޑިއޯ: ގދ.ފިޔޯރީ ސްކޫލުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ ވީޑިއޯ

ވީޑިއޯ: ގދ.ފިޔޯރީ ސްކޫލުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ

ގދ. ފިޔޯރީ ސްކޫލުގެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 5:20 ގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިންގޮތުގައި މިހާދިސާގެ މައުލޫމާތު ލިބިގެން ތިނަދޫ ފަޔަރ ސްޓޭޝަން ގެ ފަޔަރމަނުންނަށް ފިޔޯރީ އަށް ދެވުނީ އިރުއޮއްސި 6:54 ގައެވެ. އަލިފާން ރޯވެފައިވަނީ ސްކޫލުގައި ހޯލެއްގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތެއްގައި ކަމަށާއި އެހޯލުގައި ޕާޓިޝަން ޖަހައިގެން ހަދާފައިވާ 5 ވަރަކަށް ކުލާސް ރޫމް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ. އަދި އިމާރާތުގެ ފާރުން ބަޔަކާއި ފުރާޅުން ބައެއް ވެއްޓި އިމާރާތް ހުރީ ބަންދުވެފައި ކަމަށާއި، ތިނަދޫ ސްޓޭޝަންގެ ފަޔަރމަނުން ދިޔައިރު އަލިފާން ހުރީ ކޮންޓްރޯލް ކުރެވިފައި ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

ވީޑިއޯ:ހިލްޓަން އާސިފް

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —