Advertisement
header ad
XeeTimesXeeTimes
ފޮޓޯ: މަގުމަތީގެ އަމާންކަން ގާއިމުކުރުމަށް ތާޖުއްދީން ސްކޫލު މިދައްކަނީ ނަމޫނާއެއް! ފޮޓޯ

ފޮޓޯ: މަގުމަތީގެ އަމާންކަން ގާއިމުކުރުމަށް ތާޖުއްދީން ސްކޫލު މިދައްކަނީ ނަމޫނާއެއް!

ތާޖުއްދީން ސްކޫލުގެ ޓްރެފިކް މޮނީޓާސް ދަނީ ކޮންމެ އަހަރަކު ވެސް 'އެއްގަމު ދަތުރުފަތުރުގައި ހިތާމަވެރި ހާދިސާތައް ކުރިމަތިވެފައިވާ މީހުންގެ ހަނދާނުގެ ދުވަސް' ފާހަގަކުރަމުންނެވެ. މި ދުވަހާއި ގުޅިގެން ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން މަގުމަތީގެ އަދަބުތަކާއި ޓްރެފިކް ގަވާއިދުތަކަށް އަހުލުވެރި ކުރުމަށް ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. ތާޖުއްދީން ޓްރެފިކް މޮނީޓާސް ދަނީ 2016 ވަނަ އަހަރުން ފެށިގެން ސްކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ހަރަކާތްތެރިވަމުންނެވެ. މިގޮތުން ކޮންމެ ދުވަހަކު ދެދަންފަޅި ފެށުމުގެ ކުރިން މަގުމައްޗަށް ނުކުމެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ދަނީ ހަރަކާތްތެރިވަމުން ކަމަށް އެސްކޫލުން ވަނީ މައުލޫމާތު ދީފައެވެ. 

 

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —