Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ފޮޓޯ: އީޕީއެސް ސްކޫލުގެ 54 ވަނަ އަހަރީ ދުވަސް ފާހަގަކުރުން ފޮޓޯ

ޒީޓައިމްސް ފޮޓޯ: އީޕީއެސް ސްކޫލުގެ 54 ވަނަ އަހަރީ ދުވަސް ފާހަގަކުރުން

އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލު (އީޕީއެސް) ހުޅުވުނުތާ 54 ވަނަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އީޕީއެސް ފައުންޑޭޝަނުން ވަނީ ޚާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. މާލޭ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު ހޯލުގައި ހޮނިހިރު ދުވަހުގެރޭ ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި އީޕީއެސްގެ ކުރީގެ ބައެއް އިސްވެރިންގެ އިތުރުން އީޕީއެސްއިން ކިޔެވި ބައެއް ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އީޕީއެސް ފައުންޑޭޝަންގެ ރައީސް މަރްޔަމް އާދިޔާ ފާހަގަކުރެއްވިގޮތުގައި އާއިލީ ހަވީރެއްގެ ގޮތަށް ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ އީޕީއެސްގެ ނަން ފަނޑުވިޔަ ނުދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ ކަމެކެވެ. 26000 އަށް ވުރެ ގިނަ ދަރިވަރުން ކިޔެވި އީޕީއެސް ސްކޫލް ނިމުމަކަށް އައީ 2008 ވަނަ އަހަރު ޑިސެމްބަރ މަހުގައެވެ. 

ފޮޓޯ: އީޕީއެސް ފައުންޑޭޝަން

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —