Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ފޮޓޯ: ހުޅުމާލޭގަ އަލަށް ހަދަމުން އަންނަ މަގުތައް ފޮޓޯ

ޒީޓައިމްސް ފޮޓޯ: ހުޅުމާލޭގަ އަލަށް ހަދަމުން އަންނަ މަގުތައް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގަ ދަނީ 10 މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ޖުމްލަ 1.95 ކިލޯމީޓަރ ގެ ބޮޑުމިނުގެ މަގުތަކެކެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތު ދޭގޮތުގަ މަގު ހެދުމުގެ ޕްރޮޖެކްޓުގެ 84 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މިއަހަރުގެ އޮކްޓޯބަރުމަހު މިމަސައްކަތް އެއްކޮށް ނިންމާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މީގެތެރެއިން ބައެއް މަގުތައް އާންމުކޮށް ހުޅުވާނުލިއަސް އެމަގުތަކުގައި މަދުންނަމަވެސް ސައިކަލު ދުއްވާ މަންޒަރު ފެނެއެވެ. އަލަށް ހަދަމުން އަންނަ މަގުތަކުގެ ސަބަބުން ހިނގާފަ އުޅޭ މީހުންނަވެސް އެއްތަނުން އަނެއް ތަނަށް ދިއުމަށް ލުއިފަސޭހަތަކެއް ވަނީ ލިބިފައެވެ. މީގެތެރެއިން ގިނަ މަގުތަކަކީ ފިތުރޯނުމަގާއި ގުޅިފައިވާ މަގުތަކެވެ. 

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —