Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ފޮޓޯ: މާޝަލް އާޓްސް ގެ ރޮނގުން ކުރިހޯދަމުން އަންނަ ޒާއިބް ފޮޓޯ

ޒީޓައިމްސް ފޮޓޯ: މާޝަލް އާޓްސް ގެ ރޮނގުން ކުރިހޯދަމުން އަންނަ ޒާއިބް

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ގުރޭޑު 6 ގައި ކިޔަވަމުން އަންނަ ޒާއިބު ޒެއިނަބު ހާރިސް އަކީ އުމުރުން 13 އަހަރުގެ ކުއްޖެކެވެ.

2019 ވަނަ އަހަރުގެ ކުރީކޮޅު 'ޝާކްސް މާޝަލް އާޓްސް އެކަޑަމީގައި 'ޓައެކްވޮންޑޯ' ފެށިއިރު އުމުރަކީ އެންމެ 10 އަހަރެވެ. އެއަހަރު ފަހުކޮޅު ވަނީ ރީނދޫ ބެލްޓް ހާސިލުކޮށްފައެވެ. ކޮވިޑް 19 ގެ ސަބަބުން ގިނަދުވަސްތަކެއްގެ މެދުކެޑުމަށްފަހު 2021 ވަނަ އަހަރުގެ މާރިޗް މަހު 'ގްރީން ބެލްޓް ޕްރޮމޯޝަން ޓެސްޓް ހަދައިގެން ކެޓަގަރީއިން 1 ވަނަ ވަނީ ހޯދާފައެވެ. އުމުރުން 12 އަހަރުގައި އޯގަސްޓް 2021 ގައި ވަނީ ޔެލޯ ބެލްޓުން ބްލޫ ބެލްޓަށް ޓްރިޕްލް ޕްރޮމޯޝަން ހޯދާފައެވެ. އަދި ރެޑް ބެލްޓް ހާސިލުކުރި ފުރަތަމަ 2 އަންހެނުންގެ ތެރޭގައި ޒާއިބު ހިމެނޭއިރު، ޕޫމްސެއި ޓޯނަމެންޓް 2022 އިން ވަނީ ރަންމެޑަލް ހޯދާ 'އިންޓަރމީޑިއަޓް ކެޑޭޓް އަންހެން ކެޓަގަރީ އިން 1 ވަނަ ހާސިލުކޮށްފައެވެ. ޕެރިސް އެޑަލްޓް ކެޓަގަރީ އިން ލިބިފައިވަނީ 2 ވަނަ އެވެ.

ފޮޓޯ: ޝާކްސް މާޝަލް އާޓްސް އެކަޑަމީ ޕޭޖް

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Belt 15ޖޫން2022

Belt ge kula badhalu viyas eyna ah bali nukurevey molhu kujjaku eba ulhey

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —