ސާއިދުގެ ހާލު މާބޮޑަށް ދެރަވެ އައިސީޔޫގައި ފަރުވާދެނީ!

ކުޅަދާނަ ކުޅިވަރުގެ ނޫސްވެރިޔާ އަދި ޕްރެޒެންޓަރ ސާއިދު އަހުމަދުގެ ހާލު މާބޮޑަށް ދެރަވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ ސާއިދުގެ ހާލަތު މާބޮޑަށް ދެރަވެ އައިސީޔޫގައި ފަރުވާދޭން ފެށީ މިއަދު ހެނދުނު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ޒީޓައިމްސް އަށް 2021 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ސާއިދު ވަނީ ވަރަށް ތަފްސީލުކޮށް އޭނާގެ ހާލަތު ކިޔައިދީފައެވެ. ކިޑްނީ ބަލީގެ ފެށުން ސާއިދުގެ ކިޑްނީ މައްސަލައެއް އުޅޭކަން އެންމެ ފުރަތަމަ އެނގުނީ […]
