ދުވަސް ނުނިމެނީސް ސިކުނޑި ވަރުބަލިވޭތަ؟ މިވަނީ ކިހިނެތް؟

މަސައްކަތެއް ކުރަން ކަމަށް އިށީނދެހުރެ، ފޯނުގެ ނޮޓިފިކޭޝަނެއް ބަލައިލެވޭތޯ، މެސެޖަކަށް ޖަވާބުދެވޭތޯ ނުވަތަ އީމެއިލަކަށް ނަޒަރު ހިންގާލެވޭތޯ ބެލުމަށްފަހު އަލުން މަސައްކަތަށް އެނބުރި އާދެވުނުއިރު ކުރަމުންދިޔައީ ކޮންކަމެއްކަން ހަނދާންނެތުން އެއްވެސް މިންވަރަކަށް ދިމާވެފައިވޭތޯއެވެ؟ ދުވަހުގެ ނިމުމާ ހަމައަށްދާއިރު ހަށިގަނޑު ބަރުހެލިވެ، ސިކުނޑި އޮންނާނީ މުޅިން ވަރުބަލިވެފައިހެން އިޙްސާސްވޭތޯއެވެ. ގިނަ މީހުން ހީކުރަނީ މިއީ މާ ބުރަކޮށް މަސައްކަތް ކުރެވޭތީ ވާގޮތެއް ކަމަށެވެ. ނަމަވެސް ނަފްސާނީ އިލްމުވެރިން ދައްކަނީ ތަފާތު ވާހަކައެކެވެ. ގިނަ ފަހަރަށް ސިކުނޑީގެ ވާރުބަލިކަން މެދުވެރިވަނީ […]
