ޒުވާން މަންމައެއްގެ އާދޭސް: 3 ފަހަރު ބައިގެން ދިއުމަށްފަހު، ދުވަސްނުފުރާ ލިބުނު ދަރިފުޅު!

ޒުވާން އުމުރުގައި ކައިވެނިކޮށް އުފާވެރި ދިރިއުޅުމަކަށް އުންމީދު ކުރަމުން އައި ގއ. ކޮލަމާފުށި އައިޝަތު ނަޖުވާ ރަޝީދު އާއި މުހައްމަދު އަނަސްގެ ހަޔާތުގައި ދިމާވީ އުންމީދުކުރި ކަންތައްތަކެއް ނޫނެވެ. ދިމާވަމުން އައި ކޮންމެ ގޮންޖެހުމަކަށް މި ދެމަފިރިން ކުރިމަތިލަމުން އައީ ހިތްވަރާއެކުގައެވެ. ލޯބިލޯބި ދަރިފުޅެއް އުރާލެވޭނެ ދުވަހަކަށް އުންމީދު ކުރަމުންއައި ނަޖުވާ ފުރަތަމަ ފަހަރަށް ބައިގެންދިޔައީ ބަނޑަށް 7 ހަފްތާގައި 2024 ވަނަ އަހަރުގައެވެ. އެއަށްފަހު 2 ފަހަރު ބައިގެން ދިޔައީ މިދިޔަ އަހަރުގައެވެ. އެވޭނާއި ހިތްދަތިކަމަކީ […]
