އުފާވެރި ދިރިއުޅުމަކަށް މުޢާމަލާތް ކުރުމުގައި ގެންގުޅެވިދާނެ ގޮތްތައް

އިންސާނުންނަކީ ފިޠުރީގޮތުން އެކަނި އުޅެވޭނެ މަޚްލޫޤެއް ނޫނެވެ. އަބަދުވެސް އުޅެންޖެހެނީ އެހެން މީހުންނާ ގުޅިގެންނެވެ. އެހެންކަމުން، އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ބިނާކުރުމަށްޓަކައި އެހެން މީހުންނާއެކު ކުރެވޭ މުޢާމަލާތްތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ރިތި އަޚްލާޤާއި އިސްލާމީ އުޞޫލުތަކުގެ މަތީގައި ބިނާވެފައިވާ މުޢާމަލާތަކީ އާއިލީ ގުޅުންތަކާއި އިޖުތިމާޢީ ގުޅުންތައް ވަރުގަދަކޮށްދޭނެ ކަމެކެވެ. އުފާވެރި ދިރިއުޅުމަކަށްޓަކައި މުޢާމަލާތް ކުރުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.  1- ތެދުވެރިކަމާއި އިޚްލާޞްތެރިކަން އިސްކުރުން ކޮންމެ މުޢާމަލާތެއްގެ ބިންގަލަކީ ތެދުވެރިކަމެވެ. […]