ކުއެޓްޒަލް: މިހާ ރީތި ދޫންޏެއް ފެނުނުތަ؟

ވިލު ނޫކުލައާއި ރަތް އަދި ފެހިކުލައިގައި ހުންނަ ކުއެޓްޒަލް އަކީ ދުނިޔޭގެ އެންމެ ރީތި ދޫނިތަކުގެތެރޭގައި ހިމެނޭ ދޫންޏެކެވެ. 'ގުއަޓެމާލާ'ގެ ޤައުމީ ދޫނީގެ ގޮތުގައި ކުއެޓްޒަލް ހިމެނޭއިރު އެ ޤައުމުގެ ދިދައިގައިވެސް މިދޫނި ރަމްޒުކޮށްދޭ ފޮޓޯވަނީ ޖަހައިފައެވެ. މި ދޫނީގެ އާބާދީއަކީ 20،000 އާއި 50،000 އާއި ދެމެދުގެ އަދަދެކެވެ. މެކްސިކޯ، ކޮސްޓަރިކާ، ޕެނަމާ އަދި ގުއަޓެމާލާގައި މި ވައްތަރުގެ ދޫނި ވަނީ ޤާނޫނީގޮތުން ހިމާޔަތްކޮށްފައެވެ. ރީތި ފިޔަތަކުގެ ސަބަބުން އޮޅުކޮށްގެން ގެންގުޅެން ބޭނުންވާ ދޫންޏަކަށްވިއަސް މިއީ […]
