ފޮޓޯ: މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް

"ޢީދު ހަވީރު 1447" ނަމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ޢީދު ފާހަގަކުރީ ސިފައިންނާއި ފުލުހުން އަދި ސަރުކާރުގެ ކުންފުނިތައް ގުޅިގެންނެވެ. 3 ދުވަހުގެ މުއްދަތައް މާލެސިޓީގައި ޢީދު ފާހަގަކުރީ ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ. އަދި ހުޅުމާލެ ސެންޓްރަލް ޕާކުގެ އިތުރުން ފޭސް 2 އަދި ވިލިމާލޭގައި ވަނީ ކުޑަކުދިން ޝައުގުވެރިވާފަދަ ތަފާތު ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. ޢީދު ހަވީރުގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި އެމްއޭސީއެލް އާއި […]
މުދަލަކީ އަމާނާތެއް، ލިބިފައިވާ މުދަލުގައި ބޭނުންޖެހިފައިވާ މީހުންގެ ޙައްޤުތައް ވާކަން ދަންނާށެވެ!

ދުނިޔޭގައި މާތްﷲ ލައްވައިފައިވާހައި ތަކެއްޗަކީ އެކަލާނގެ ރަހުމަތްފުޅުން އަހަރެމެންގެ ޚިދުމަތުގައި ލައްވައިފައިވާ ތަކެއްޗެވެ. ބިމުގައި ލައްވައިފައިވާ ތަކެތީގެ ތެރެއިން މުދަލަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ވަރަށް ބޮޑު ނިޢުމަތެކެވެ. މުދަލަކީ އަހަރެމެންނަށްޓަކައި ލައްވައިފައިވާ ތަކެތި ކަމުގައިވިޔަސް އޭގެ ހަޤީޤީ މިލްކުވެރި ފަރާތަކީ މާތް ﷲ އެވެ. އެއީ އަހަރެމެން އިމްތިހާނު ކުރެއްވުމަށްޓަކައި އަހަރެމެންނާއި ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. މުދަލަކީ އަހަރެމެންނާއި ހަވާލުކުރައްވާފައިވާ އަމާނާތަކަށް ވީތީ އެ މުދާ ހޯދުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރަންވާނެއެވެ. ހަމައެހެންމެ […]
