ޑައިވިންއަށް ގޮސްގެން އުޅެނިކޮށް ގެއްލުނު 4 މީހުން ވީކަމަށް ލަފާކުރެވެނީ 200 ވަރަކަށް ފޫޓު ހުންނަ ހޮހަޅައެއްގެ ތެރޭގައި- އެމްއެންޑީއެފް

ޑައިވިންއަށް ގޮސްގެން އުޅެނިކޮށް ގެއްލުނު 4 މީހުން ވީކަމަށް ލަފާކުރެވެނީ ދިގުމިނުގައި 200 ވަރަކަށް ފޫޓު ހުންނަ ހޮހަޅައެއްގެ ތެރޭގައި ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.  ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ 5 މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.  " އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް މިއަދުގެ 18:13 ހާއިރު މޫދު އަޑިން. އެމީހާގެ ހަށިގަނޑު ވަނީ ވ.ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި. މި ހަށިގަނޑު ފެނިފައިވަނީ […]

ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހުން ފެނުން: ހުން އައިސް ރަތްބިހިތަކެއް ފެންނަނަމަ ލަސްނުކޮށް ފަރުވާ ހޯދާ

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ވަނީ ހިމަބިހި (މީސްލްސް) ގެ 5 ކޭސް ފެނިފައިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ. އަދި މިހަފްތާތެރޭގައި މާލެ ސަރަހައްދުން 2 މީހުން ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ. " ހުންއައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން މުހިންމު. ހިމަބިހީގެ ކޭސް ފެނުމާއެކު އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލިޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިންދިނުމުގެ […]