ހާމަކަންބޮޑު ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަން- ރައީސް

ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް ރައީސް އަރިސްކުރެއްވިއެވެ. މީޑިއާއަކީ، ޤާނޫނު އަސާސީގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާ، […]

ކީޓޯ ޑައިޓާއި ދަރިމައިވުމާއި ހުރި ގުޅުން

ކީޓޯ ޑައިޓް ނުވަތަ ކީޓޯޖެނިކް ޑައިޓަކީ ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ ކެއުމުގެ ނިޒާމެކެވެ. މިއީ މައިގަނޑު ގޮތެއްގައި ކާބޯހައިޑްރޭޓްސް މަދުކޮށް، ހެލްތީ ފެޓްސް ގިނަކޮށްގެން ކާކެއުމެކެވެ. މި ޑައިޓުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ލުއިވުމުގެ އިތުރުން، އަންހެނުންނާއި ފިރިހެނުންގެ ދަރިމައިވުމުގެ ސިއްހަތަށް (Fertility) ކުރާ އަސަރުތަކަކީ މިހާރު ސައިންސްވެރިން ވަރަށް ބޮޑަށް ދިރާސާކުރަމުންދާ ކަމެކެވެ.  ​ކީޓޯ ޑައިޓާއި އަންހެނުންގެ ދަރިމައިވުން ​އަންހެނުންގެ ދަރިމައިވުމުގެ މައްސަލަތަކުގެ ތެރެއިން އެންމެ އާންމު އެއް މައްސަލައަކީ […]