ވާހަކަ: އިހާ (ސޯޅަވަނަބައި)

އަޑިއަށް ދަމުން ދިޔަ ލޯންޗުންގައި ތިބި މީހުން ދެން ސަލާމަތް ނުވާނެހެން ހީވުމުން ކަނޑަށް ފުންމާލިއެވެ. އެ ތިން މީހުންނާ ދިމާއަށް ކޯސްޓް ގާޑުން ލައިފްޖެކެޓް އުކަމުން ދިޔައެވެ. އަދި ވާންވީ ގޮތުގެ އެނައުންސްމަޓް ދެމުންދެއެވެ. އެންމެ ފަހުން އެ އުޅަނދު އެއްކޮށް އަޑިއަށް ހިނގައްޖެއެވެ. ޑްރަގް އެތެރެކުރި ލޯންޗް އަޑިއަށް ފައްތާލިއެވެ. ރަހުމް ދޯނީގައި ދިވެހިން ތިއްބެވެ. އެމީހުންނަކަށް ސިފައިންނާ ނުކިޔަމަންތެރި ވާކަށް ނުކެރުނެވެ. ދޯނި އޮތް ގޮތަށް އޮތީއެވެ. ކުޑަލޯންޗް އަޑިއަށް ދިއުމުން އޭގައި […]
