ނަފްގެ ލިޔުންތެރިކަމުގެ ދަތުރާއި 'އަންޑައުޓް އަ ލެގަސީ' ފޮތް!

މަރިޔަމް ނަފާ (ނަފް) އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފައިތިލަ ސާބިތުކުރަމުން އަންނަ، އާޓިސްޓިކް ހުނަރުވެރި ކަނބަލެކެވެ. އޭނާއަކީ ލިޔުންތެރިކަމުގެ ރޮނގުން ތަމްރީނުވަމުން އަންނަ، އަމިއްލަ ތަޖުރިބާތަކުގެ އަލީގައި ހިތްވަރުގަދަ މެސެޖުތަކެއް ފަތުރަމުންދާ އުންމީދީ މުސައްނިފެކެވެ. ނަފްގެ ލިޔުންތެރިކަމުގެ ދަތުރު ފެށިގެން އައީ މާޒީގެ ހިތްދަތި ތަޖުރިބާތަކުގެ ތެރެއިންނެވެ. ހިތުގެ އުދާސްތަކުން ފެށުނު ދަތުރު ނަފް އެންމެ ފުރަތަމަ ލިޔަން ފެށީ އުމުރުން އެންމެ 13 އަހަރުގައެވެ. އޭރު ގަލަމާއި ފޮތުގެ ސަފުހާތައް ވެގެންދިޔައީ އޭނާއަށް އާ ދިރުމެއް […]
