ފީއަލީ އަލިފާނުގެ ހާދިސާ: ތެޔޮ ޖެޓީގައި އޮތް ބޯޓުގެ އިތުރުން 2 ދޯންޏަކާއި ޑިންގީ އަދި އައިސްޕްލާންޓުވެސް އަނދައިފި!

ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ވަރަށް ބޮޑަށް ރޯވިކަމުގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ މިއަދު ހެނދުނު 09:30 ގައި ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތުދީފައެވެ. މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން އަންނަނީ ނިލަންދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ. ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި 2 ދޯންޏަކާއި 2 ޑިންގީގެ އިތުރުން އެސަރަހައްދުގައި ހުރި އައިސްޕްލާޓުވެސް އަނދާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެއިތުރުން […]