ރިޝްވަތުގައި ނުހިފައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވޯޓު ދިނުމަށް އޭސީސީއިން އިލްތިމާސްކޮށްފި!

އިންތިޚާބާއި ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި މީޑިއާގެ ވަސީލަތްތަކުންނާއި އެހެނިހެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތަކާ ގުޅޭ މައްސަލަތައް ތަހުގީގުކުރަމުން އަންނަކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ހާމަކޮށްފައެވެ. މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އާންމު ވޯޓާއި ގުޅޭ ކެމްޕެއިން މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ނިމުނުފަހުން އޭސީސީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ […]