ވޯޓަކީ ސިއްރެއް، ވޯޓު ދޭންވީ އަމިއްލައަށް ބޭނުންވާ މީހަކަށް!

އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ނަގާ އާންމު ވޯޓާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފޯރި މިވަނީ ވަރަށް ގަދަވެފައެވެ. މިދުވަސްވަރު ފޯނު އިންތިހާއަށް ބިޒީއެވެ. ނުދަންނަ އެތައްބައެއްގެ ފޯނުކޯލު އަންނަވަރު އިންތިހާއަށް ގިނައެވެ. މަގުމަތިން ފެނުނަސް ވޯޓު ދޭނަންތޯ އަދި ދޭނީ ކާކަށްތޯ އަހާ މީހުން މަދެއް ނޫނެވެ. އާ ޤާނޫނު އަސާސީ އެކުލަވާލެވި ސިޔާސީ ޕާޓީތައް ވުޖޫދަށް އައިފަހުން ސިޔާސީ ވާދަވެރިކަން އިންތިހާއެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި […]