ވާހަކަ: އިހާ (ދިހަވަނަބައި)

އަޔާން ކަންފަތުގައި އެ ނުރުހުމުގެ އަޑު ގުގުމަމުން ދިޔައެވެ. އޭނާގެ ވިސްނުމާއި ބައްޕަގެ ވިސްނުން އެހާ ތަފާތީ ކީއްވެހެއްޔެވެ؟ ރާނީއާއި ނުލާ އޭނާއަކަށް ނޫޅެވޭނެއެވެ. އަދި ބައްޕަގެ ނުރުހުމާ ނުލާ އޭނާއަށް ކައިވެނިކުރަން އެހާމެ އުނދަގުލެވެ. އަޔާނަށް ވަގުތުން ހުއްޓުން އެރިއެވެ. އޭނާ ސޯފާއަށް ވެއްޓިގަތެވެ. ދެންމެ މޫނުމަތީގައި ހުރި އުފާވެރިކަން މުޅިން ގެއްލިއްޖެއެވެ. ރަޙްމާއަށް ހުރިހާކަމެއް ފެނުނެވެ. ރޭގަނޑުގެ ވަގުތެވެ. އަޔާން ގެއަކުން ނުނިކުމެއެވެ. ވިސްނާ ވިސްނާ އޭނާ ބޯ ވަނީ ހާސްވެފައެވެ. އޭނާ އިޝާނަމާދުން […]
