ދިވެހިބަހާއިމެދު ފަޚުރުވެރިވާނެ ޖީލެއް ބިނާކުރުމުގެ މަސައްކަތް އުގެއިލް ފައުންޑޭޝަނުން ފެށުން!

ތަފާތު އެކި ދާއިރާތަކުގެ ތަމްރީން ޕްރޮގްރާމްތައް ހިންގަމުންދާ އުގެއިލް ފައުންޑޭޝަނުން މިފަހަރު ފެށުމަށް ހަމަޖެހިފައިވަނީ ދިވެހި ދަރިވަރުންނަށް ވަރަށް މުހިންމު ތަމްރީން ޕްރޮގްރާމެކެވެ. ސްކޫލުތަކުގަ ތަޢުލީމް ހާސިލުކުރާ ދަރިވަރުންގެ ތެރެއިން ބައެއް ކުދިންނަށް ދިވެހި މާއްދާއިން ދަށުން ނަތީޖާ ލިބޭ ވާހަކައަކީ ފަހަކަށް އައިސް ބެލެނިވެރިން ފާހަގަކުރާ ކަންބޮޑުވުމެކެވެ. އެފަދަ ކުދިންނަށް ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު އެހީތެރިކަން ބޭނުންވެއެވެ. 'ދިވެހި ދަސްކުރަމާ' ގެ ނަމުގައި ކުރިއަށް ގެންދާ ކޯހަކީ 7 އަހަރާއި 14 އަހަރާ ދެމެދުގެ […]