ލީޑަރސް ޕްރޮގްރާމްގައި މަނާލްގެ ތަޖުރިބާ!

" ޕްރެޒެންޓޭޝަނެއް ހުށަހަޅައިދޭއިރު ބުނަން ބޭނުންވާ ހުރިހާ ވާހަކައެއް ސްލައިޑުން ފެންނަން ހުރެއްޖެނަމަ އެ ޕްރެޒެންޓޭޝަން ހުށަހަޅައިދިނުމުގެ މާބޮޑު ބޭނުމެއް ނެތް" އުމުރުން 14 އަހަރުގެ ޢައިޝަތު މަނާލް މޫސާ އެބުނީ ރަނގަޅު ވާހަކައެކެވެ. އަޑުއަހަންތިބި މީހުންނަށް އަމިއްލައަށްވެސް ސްލައިޑްތައް ބަލައިގެން އޭގައި ހުރިއެއްޗެއް ކިޔާލެވިދާނެއެވެ. މިއީ ރަނގަޅު ޕްރެޒެންޓޭޝަނެއް ދޭނެގޮތާއި ގުޅޭގޮތުން ސުވާލުކޮށްލުމުން މަނާލް ދިން ޖަވާބެވެ. މަނާލް އަކީ އުގެއިލް ފައުންޑޭޝަނާއި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދާ 'ސަރކްލް' ގެ […]

ބޯފޮޅި ދުވަހުގެ ތާރީޚާއި ބޯފޮޅި ފިހާގޮތް

ބޯފޮޅި ދުވަހަކީ، ރާއްޖޭގައި ކުރީޒަމާނުގައި ފާހަގަކުރި ދުވަހެއްކަމުގައި ބުނެވެއެވެ. މި ދުވަހުގެ އެންމެ ޚާއްޞަ ކަމަކަށް ވެފައި އޮންނަނީ ތަންކޮޅެއް ބޯކޮށް ފިހާ ފޮޅިއެއް އެ ދުވަހު ތައްޔާރުކުރާ ކަމެވެ. ހަގީގަތުގައި ބޯފޮޅި ދުވަހަކީ އެންމެ ދުވަހެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ނޫނެވެ.  ބޯފޮޅި ފިހާ ހަތަރު ދުވަހެއް ހިޖުރީ އަހަރުގެ ތެރޭގައި އަންނަ ކަމަށް ވެއެވެ. މިއީ ދިވެހި ސަގާފީ ކަލަންޑަރުގައި ކުރިން ފާހަގަކުރި، އަލުން ދިރުމެއް ގެނެވިދާނެ ދުވަހެކެވެ. ބޯފޮޅި އަކީ ރަސްކަމުގެ ދަރުބާރުން […]